ކ. ގުރައިދޫ: އެ ރަށުގައި ކުޑަކުއްޖަކު ގެނބިގެން މިއަދު ވަނީ މަރުވެފައި. (ފޮޓޯ/ގުރައިދޫ ކައުންސިލް)

ގުރައިދޫގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

މަރުވެފައި ވަނީ އުމުރުން 1 އަހަރާއި 10 މަހުގެ އަންހެން ކުއްޖެއް

ކ. ގުރައިދޫގައި ކުޑަކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 1 އަހަރާއި 10 މަހުގެ އަންހެން ކުއްޖެކެވެ.

ބުނީ ކީކޭ؟ - ގުރައިދޫ ސިއްހީ މަރުކަޒުން ބުނީ މިއަދު 1:30 ހާއިރު އެ ކުއްޖާ އެ ތަނަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ގުރައިދޫން ވާހަކަ ދެއްކި މީހަކު، ނަން ނުޖަހާ ގޮތަށް ބުނީ، އެ ކުއްޖާގެ އާއިލާ ދިރިއުޅޭ ގެ ހުންނަނީ މޫދާ ކައިރީގައި ކަމަށެވެ. ކުއްޖާގެ މަންމަ އޭނާއަށް ކާންދޭން ގޮނޑުދޮށުގައި ހުރެފައި، ކާންދީ ނިންމައި ތަށި ދޮންނަން ގޭތެރެއަށް ދިޔައީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ކުއްޖަކާ އެ ކުއްޖާ ބަލަން ހަވާލުކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"މަންމަ އެނބުރި ދިޔައިރު ކުޑަކުއްޖާ ނެތް ކަމަށް ވަނީ. ބަލަން ހަވާލުކުރި ކުއްޖާ ކައިރީ އެހުމުން ބުނީ ނޭނގޭ ކަމަށް [ކުއްޖާ ދިޔަ ތަނެއް]. ދެން ރަށުގެ ހޭޅިފަށާ ތަންތަން ބަލަން ފެށީ ކުއްޖާ ފެނޭތޯ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ޖެޓް ސްކީއެއްގައި ނުކުތް ބަޔަކަށް ފެނުނީ ރަށުގެ ފަޅުތެރެއިން، އެއްގަަމާ ތަންކޮޅެއް ދުރުން." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް