ހުޅުމާލޭގައި ބުދަ ދުވަހުގެ ރޭ މާރާމާރީއެއް ހިންގި ލަޔާ ކެފޭ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ)

ކުށްކުރުން

މާރާމާރީތަކާ ގުޅިގެން ހުޅުމާލެއިން އިތުރު ބަޔަކު ހައްޔަރުކޮށްފި

ހޯމަ ދުވަހު މާލޭގައި ހިންގި މާރާމާރީތަކާ ގުޅޭ ހަތް މީހަކު ހޯދުމަށް އިއްޔެ ފުލުހުން ވަނީ ފޮޓޯ އާއްމުކޮށްފައި

އީދު ބަންދު ތެރޭގައި މާލޭގައި ކުރިއަށް ދާ ސިލްސިލާ މާރާމާރީތަކާ ގުޅުން ހުރި މީހުން ހޯދުމަށް ފުލުހުން މިރޭ ހާއްސަ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު މާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި ދެ މާރާމާރީއެއްގައި ހަތަރު މީހަކު ޒަހަމްކޮށްލާފައި ވެ އެވެ. އަދި ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ދެ ފަހަރެއްގެ މަތިން މާރާމާރީ ހިންގާފައިވެ އެވެ. ފުލުހުން ވަނީ މާރާމާރީތައް ކޮންޓްރޯލު ކުރުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މާރާމާރީތަކާ ގުޅުން ހުރި މީހުން ހޯދުމަށް ހުޅުމާލޭ ފްލެޓެއް ބަލައި ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެފަދަ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ދެ ޒުވާނަކު ފަހަތަށް ބިޑި އަޅުވައިގެން ފުލުހުންގެ ވެހިކަލަކަށް އަރުވާފައިވާ ތަން ފެނެ އެވެ.

އެކަމަކު މިކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ހޯމަ ދުވަހު މާލޭގައި ހިންގި މާރާމާރީތަކާ ގުޅޭ ހަތް މީހަކު ހޯދުމަށް އިއްޔެ ފުލުހުން ވަނީ އެ މީހުންގެ ފޮޓޯ އާއްމުކޮށްފަ އެވެ.

މާރާމާރީގެ މައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކުރި ހަތް މީހުން

ހުޅުމާލޭގައި ބުދަދުވަހުގެ ރޭ އެންމެ ފުރަތަމަ މާރާމާރީ ހިންގީ 9:15 ހާއިރު، ފުރަތަމަ ފިޔަވަހީގައި ހުންނަ ލަޔާ ކެފޭ ކައިރީގަ އެވެ. އޭގެ 15 ވަރަކަށް މިނިޓް ފަހުން ދެވަނަ މާރާމާރީ ހިންގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖް ކައިރީގަ އެވެ. އެ މާރާމާރީގައި ވަޅި ހެރުމުގެ ސަބަބުން ދެ މީހަކު ޒަހަމްވި އެވެ. އެ މާރާމާރީތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ ވެސް ފަސް މީހަކު ހައްޔަރު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް