ފުލުހުން ކްރައިމް ސީނެއްގައި ހުޅުމާލޭގައި ހަރަކާތްތެރި ވަނީ: މިރޭގެ ދެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުލުހުން

ހުޅުމާލޭ ގްރޫޕް މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

މި ދެ މާރާމާރީއާ ދެ މީހަކު ޒަހަމްވެ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުން

ހުޅުމާލޭގައި މިރޭ ކައިރި ކައިރީ ހިންގި ދެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މައްސަލައިގެ ފެށުން - މާލޭގައި މިދިޔަ ހޯމަދުވަހު ފުލުފުލުގައި ދެ މާރާމާރީއެއް ހިންގާފައި އޮއްވާ، މިރޭ ހުޅުމާލޭގައި ހިންގި ދެ މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެގޮތުން:

  • މިރޭ ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ، 9:17ގައި ފޭސް 1ގައި ހުންނަ ލަޔާ ކެފޭ ކައިރީގައި

  • ދެވަނަ މާރާމާރީ ހިންގީ، 9:32ގައި ފޭސް-2ގެ ބްރިޖް ކައިރީގައި

ތަފްސީލު - ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭގެ މާރާމާރީތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އެންމެން ވެސް ހައްޔަރުކުރީ ފޭސް-2 އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މާރާމާރީތަކާ ގުޅިގެން އަނިޔާވި ދެ މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެނގުން މުހިންމު - ހޯމަ ދުވަހު މާލޭގައި ހިންގި ދެ މާރާމާރީގައި ހަތަރު މީހަކު ޒަހަމްވި އެވެ. އޭގެ ތެރެއިން އައިޖީއެމްއެޗަށް ގެންދިޔަ އެކަކު ހަމަ އެދުވަހު ދޫކޮށްލާފައިވާއިރު، އެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 23 އަހަރުގެ ފިރިހެން މީހާ ވަނީ އާއިލާގެ އެދުމުގެ މަތިން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. ބާކީ ތިބި ދެ މީހުން އޭޑީކޭއަށް ގެންދިޔައިރު، އެމީހުންގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް