ހުޅުމާލޭގައި މާރާމާރީއެއް ހިންގި 'ލަޔާ' ކެފޭ ކައިރީގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ)

މާރާމާރީ

ހުޅުމާލޭގައި ދެ މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލައިފި

4 މޭ 2022

ހުޅުމާލޭގައި މިރޭ ގުރޫޕަކުން ހިންގި ދެ މާރާމާރީއެއްގައި ވަޅި ހަރައި ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - މަންޒަރު ދުށް މީހަކު މިރޭ 'ދައުރު'އަށް ބުނީ ހުޅުމާލޭ ބީޗް ފްރޮންޓް، ވައިޓް ހާޕް ގެސްޓްހައުސްއާ ޖެހިގެން ހުންނަ 'ލަޔާ' ކެފޭއަށް މިރޭ 9:30 އެހާއިރު ގްރޫޕަކުން ވަދެ އެތަނުގައި ތިބި ބަޔަކަށް ވަޅިން ހަމަލާދިން ކަމަށެވެ. އަދި އޭގެ ފަހުން ބަދަލު ހިފުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފޭސްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމަށް ވެސް އޭނާ ބުންޏެވެ.

ބުނީ ކީކޭ؟ - ފުލުހުން ބުނީ ހުޅުމާލޭގައި މިރޭ ހިންގި ދެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. 

ހުޅުމާލޭގެ މާރާމާރީތައް:

  • ފުރަތަމަ މާރާމާރީ؛ ލަޔާ ކެފޭ ކައިރީގައި މިރޭ 9:17ގައި

  • ދެ ވަނަ މާރާމާރީ؛ ފޭސް-2ގެ ބްރިޖް ކައިރީ މިރޭ 9:32ގައި

އެ މާރާމާރީތަކުގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް