ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން. (ފޮޓޯ/އިންޑިއާ އެމްބަސީ)

ޔޯގާ

ޔޯގާއަކީ ހަރާމް ކަމެއް ކަމަށް 104 އިލްމުވެރިއަކު ބުނެފި

އާއްމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވާއިރު، ޔޯގާއާ ބެހޭ ގޮތުން މިހާތަނަށް ފަތުވާ ކޮމިޓީން ރަސްމީކޮށް ފަތުވާއެއް ނެރެފައެއް ނުވޭ

ޔޯގާއަކީ ހަރާމް ކަމެއް ކަމަށް 104 ދީނީ އިލްމުވެރިއަކު މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ފާއިތުވި އަހަރުތަކުގައި ދިވެހިންގެ މެދުގައި ވެސް ކަސްރަތެއްގެ ގޮތުގައި މަގުބޫލުވެފައިވާ ޔޯގާ އަކީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ފެށުނު ކަމަކަށް ވާތީ އާއި އެކަން އިސްލާމް ދީނުގައި ހަރާމް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ، އެކަމާ މެދު މިފަހުން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން:

  • މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބޭއްވުމުން، ބަޔަކު ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށްް ވަދެގަނެ އެ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގާފައި

  • އެ މައްސަލައާ ގުޅިގެން، ދީނީ ދެ އިލްމުވެރިއަކު ހިމެނޭހެން 20އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ

  • އާއްމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވާއިރު، ޔޯގާއާ ބެހޭ ގޮތުން މިހާތަނަށް ފަތުވާ ކޮމިޓީން ރަސްމީކޮށް ފަތުވާއެއް ނެރެފައެއް ނުވޭ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން. (ފޮޓޯ/އިންޑިއާ އެމްބަސީ)

ވީ ކިހިނެއް؟ - "ފަތުވާ"އެއް ކަމަށް ބުނެ 104 އިލްމުވެރިއެއްގެ ސޮއާ އެކު އިލްވެރިންގެ ގުޅުން ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:

  • ހިންދީ ދީނުގައި 'ޔޯގާ' ބޭނުންކުރަނީ ހަށިގަނޑާއި ސިކުނޑިއާ ގުޅުވުމުގެ މާނައިގާ ކަމަށް؛ އިންސާނާ އާއި ގުދުރަތާ ފުރިހަމަ ގުޅުމަކުން ގުޅުވާލުމުގެ މާނައިގައި ކަމަށް

  • ހިންދޫންނަށް ޔޯގާއަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތެއް ކަމަށް

  • ޔޯގާއަކީ ކަސްރަތެއް ކަމަށް ބަލާ ނަމަ، އާއްމުކޮށް ކޮށް އުޅޭ ކަސްރަތުތަކާ އަޅާބަލާއިރު ޔޯގާއަކީ ހަށިގަނޑުގެ ކަސްރަތު ފުރިހަމައަށް ލިއްބައިދޭ ކަމެއް ނޫންކަން ކަސްރަތުގެ މާހިރުން ފާހަގަކުރާ ކަމަށް

  • އެގޮތަށް ބަލާއިރު ވެސް ޔޯގާގެ އަސާސް ކަމަށްވާ ހަށިގަނޑާއި ސިކުނޑި އާއި ނަފްސު، އިލާހާ ގުޅުވުމުގެ ބޭނުމަށް ކުރެވޭ ހަރާކާތްތަކެއްގެ ގޮތުގައި ނޫނީ ޔޯގާ ކުރުމުގެ ބޭނުމެއް އޮންނާނެ ކަމަށް ބެލެވޭކަށް ނެތް ކަމަށް

ތަފްސީލް - ޔޯގާއާ ބެހޭ ގޮތުން އިސްލާމީ އުއްމަތުގެ އިލްމުވެރިން ދީފައިވާ ފަތުވާތަކަށް ބަލާއިރު، ފިގުހު އިލްމުވެރިން ބުރަވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ އިލްމުވެރިން ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ބުނާ ސަބަބުތަކަކީ:

  • ބުދަށް އަޅުކަން ކުރާ މީހުންނަށް އެ ދީނުގެ އަގީދާއާ ގުޅޭ ކަންކަމާ އެއްގޮތް ވުން

  • އިރަށް އަޅުކަން ކުރުމުގެ އަމަލުތައް ޔޯގާގެ އަސްލުގައި ހިމެނިފައިވުން

  • އެއްޗެސް އެއްޗެއް ނުލައި ހުސްގަޔާ ހުރެ ބައެއް އަމަލުތައް ކުރުން

  • ހަގީގަތް ފޮރުވިގެންވާ ވަރަށް ގިނަ ހަރާކާތްތަކާއި ހުއްޓި ހުރުންތައް ޔޯގާގައި ހިމެނުން

"ޔޯގާއަކީ ބުދު ދީނާއި ހިންދޫ ދީނުގެ އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. އަދި އޭގައި ޝިރުކު ކުރުން އެކުލެވިގެންވާ ކަމެކެވެ،" އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައިވެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހައިރިއްޔާ)

ގުޅުންހުރި ކަމެއް - ޔޯގާގެ މައްސަލައިގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވެސް ވަނީ ޔޯގާގެ އަސްލަކީ ހިންދީ ދީނުގެ ކަމެއް ކަމަށާއި، ރާއްޖޭގައި އެފަދަ ކަމެއް އާންމުވެ ނުދިޔުމަށް ސަމާލުވާން ޖެހޭ ކަމަށް ބުނެ ކަރުދާހެއް ނެރެފަ އެވެ. އެ ކަރުދާހުގައި ބުނެފައިވަނީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމައަކަށް އަންނަ އާދަކާދަތަކާއި ސަގާފަތްތަކަކީ އިސްލާމް ދީނާ ފުށުއަރާ ކަމެއް ކަމުގައި ވިޔަދީގެން ނުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ. 

ކޮމެންޓް (1)

ޔޯގީޒް

27 ޖުލައި 2022
205 ޢިލްމުވެރިން ބުނީ ނަން ބަދަލުކޮށް ސްޓްރެޗިންގ ކިޔާލީމަ އޯކޭ އެއްޗެއް ކަމަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް