އަލަމްގީރުގެ ތަހުގީގު ބަޔާނުގައި އޭނާ 'ބޮސް'ގެ ނަމުން މުހާތަބު ކުރާ ހަމްދޫން: ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައި.

ބްލެކްމެއިލް ކުރި މައްސަލައިގައި އަލަމްގީރުގެ 'ބޮސް' ހައްޔަރުކޮށްފި؛ 'އެތައް ބަޔަކަށް ދަރާފައި'

ބްލެކްމެއިލް ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތައް ރެކޯޑުކޮށް، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭގެ ތެރެއިން އެކަކީ އެއް ޖިންސުން ގުޅުން ހިންގުމުގައި ބައިވެރިވެ، އެ ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރު އޭނާ ތަހުގީގަށް ދިން ބަޔާނުގައި "ބޮސް"ގެ ނަމުން މުހާތަބު ކުރާ ހަމްދޫން އަބްދުﷲ އެވެ. އެނގިފައިވާ ގޮތުގައި، ހަމްދޫން ވަނީ ބައެއް މީހުންނަށް މަކަރު ހަދައި އޮޅުވަލައިގެން ފައިސާ ނެގުމުގެ އިތުރަށް، އެތައް ބަޔަކަށް ފައިސާ ދޭން ޖެހިފަ އެވެ.

މައްސަލައިގެ ފެށުން - މާފަންނު ކޮޅުގައި ހުންނަ އެޕާޓްމަންޓަކަށް މީހުން ގެންގޮސް، އެ މީހުންނާ އެކު އަލަމްގީރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތައް ލީކްވާން ފެށީ މިިދިޔަ ޖޫން މަހުގެ މެދުތެރޭގަ އެވެ. އެގޮތުން:

  • ސިޔާސީ ފަރާތްތަކާއި ސަލާތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި އަދިވެސް ބައެއް އެހެން ފަރާތްތަކުގެ އެފަދަ ވީޑިއޯތަކެއް އާންމުވެފައިވޭ

  • ވީޑިއޯތައް ލީކްވުމުގެ ކުރިން، އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލްކޮށް، ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގި

  • ވީޑިއޯތައް ލީކްވުމާ އެކު ފުލުހުން ޖޫން 27ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، މި މައްސަލައިގެ ތެރެއިން ބްލެކްމެއިލް ކުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް؛ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނި

  • ބްލެކްމެއިލް ކުރުމުގެ މައްސަލަ، ވީޑިއޯތައް ލީކްވުމުގެ ކުރިން، މިދިޔަ މާޗު މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނި

ވީ ކިހިނެއް؟ - މިދިޔަ ހަފްތާގެ އާދިއްތަ ދުުވަހު ފުލުހުން ވަނީ ބްލެކްމެއިލް ކުރި މައްސަލައިގައި މީހުން ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ. އަދި މައްސަލައާ ގުޅިގެން ބައެއް މީހުން އެ ދުވަހު ހައްޔަރު ކުރި ކަމަށް ފުލުހުން ފަހުން ބުނެފައިވެ އެވެ.

އަލަމްގީރު ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކޮޓަރި: ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި އެކަކަކީ، މި އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނު މީހާ.

ފުލުހުންގެ ބަސް - އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ފުލުހުންގެ ތަރުޖަމާނަކު މިދިޔަ ބުދަ ދުވަހު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެހާ ތަނަށް ޖުމްލަ ދެ މީހަކު ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވެ އެވެ. އެގޮތުން ތަރުޖަމާނު ވިދާޅުވީ:

  • ދެ މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު

  • ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 37 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް

  • 37 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދިން އިރު، 24 އަހަރުގެ މީހާއަށް ހަތް ދުވަސް ވަނީ ޖަހާފައި

ތަފްސީލް - އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ މީހާއަކީ، ލީކްވެފައިވާ އަލަމްގީރުގެ ތަހުގީގު ބަޔާނުގައި އޭނާ "ބޮސް"ގެ ނަމުން މުހާތަބުކޮށްފައިވާ ހަމްދޫން އަބްދުﷲ އެވެ. ބ. ދަރަވަންދުއަށް ނިސްބަތްވާ ހަމްދޫން ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫންނެވެ.

ހަމްދޫނަކީ އެ ވީޑިއޯތަކުން ފެންނަ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނު މީހާ އެވެ.

'ދައުރު'ން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، އަލަމްގީރު ލައްވާ މިކަން ކުރުމުގައި ބައިވެރިވި އެކަކީ ހަމްދޫން ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެ ވީޑިއޯތައް ބޭނުންކޮށްގެން އެކި މީހުންގެ އަތުން ފައިސާ ހޯދުމަށް އޭނާ މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯކުރި މައްސަލައިގައި ހައްޔަރު ކުރި އަލަމްގީރް. (ފޮޓޯ/ސަން)

ފާހަގަކޮށްލެވޭ ކަމެއް - ލީކްވެފައިވާ އަލަމްގީރުގެ ބަޔާނުގައި އަލަމްގީރު ވަނީ ހަމްދޫން ވަރަށް ބޮޑަށް ދިފާއުކޮށް ވާހަކަދައްކާފާ އެވެ. އަދި މިކަމުގައި ހަމްދޫން ބައިވެރިނުވާކަން ދެއްކުމަށް ގިނަ ވާހަކަތަކެއް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން، އެ ބަޔާނުގައި އަލަމްގީރު ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި:

  • އަލަމްްގީރު ހަމްދޫންއާ މުހާތަބު ކުރަނީ "ބޮސް" ކިޔައިގެން

  • "އެއްވެސް އިރެއްގައި ހަމްދޫނަށް 'ލޯބި' ކިޔާފައި އަޅުގަނޑު މުހާތަބުކޮށްފައި ނުވާނެ" ކަމަށް ބަޔާނުގައި އަލަމްގީރު ބުނެފައިވޭ؛ އަދި ހަމްދޫންއާ އެކު ޖިންސީ ގުޅުން ހިންގާފައި ނުުވާނެ ކަމަށް އަލަމްގީރު ބުނެފައިވޭ

  • އަލަމްގީރު ފޯނުގައި ހުރި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ހަމްދޫނަށް ފެނިގެން އެކަމާ ރުޅި އައިސްގެން އޭނާ އަލަމްގީރާ ދިމާލަށް އެއްޗެހި ކީ ކަމަށް ބަޔާނުގައި ބުނެފައިވޭ

  • އަލަމްގީރު ދިިރިއުޅުނީ ހަމްދޫން ކުއްޔައް ހިފައިގެން ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓުން ކޮޓަރެއްގައި

  • އެ ކޮޓަރިއަށް މީހުން ވައްދައި އެއް ޖިންސުން ގުޅުން ހިންގީ ހަމްދޫންގެ ދެމަފިރިން މާލެއިން ބޭރުގައި އުޅެނިކޮށް ކަމަށް ބުނެފައިވޭ

  • ހަމްދޫނާއި އިތުރު ބަޔަކު ބައިވެރިވެގެން މި ވީޑިއޯތައް ބަޔަކަށް ވިއްކަން އުޅެފައި ނުވާނެ ކަމަށް އަލަމްގީރުގެ ބަޔާނުގައި ބުނެފައިވޭ 

'ހަމްދޫން އެތައް ބަޔަކަށް ދަރާފައި'

ހަމްދޫން ދަންނަ މީހުންނާއި 'ދައުރު'ން އެކި މަސްދަރުތަކުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހަމްދޫން ވަނީ ވަރަށް ގިނަ މީހުންނަށް ދަރާފަ އެވެ. ހަމްދޫންގެ މައްޗަށް ކޮށްފައިވާ ފައިސާގެ މައްސަލައެއް މިހާރު ވެސް ސިވިލް ކޯޓުގައި ހިނގަމުންދެ އެވެ.

ވީޑީއޯތަކުން ފެންނަ އެޕާޓްމަންޓްގެ ކުއްޔާއި އެ ތަނުގެ ފެން ބިލާއި ކަރަންޓް ބިލު ވެސް އޮތީ، އެކަމުގެ މައުލޫމާތު އެނގި ހުރި އެކި މަސްދަރުތަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ނުދައްކަ އެވެ. އެގޮތުން، ހަމްދޫން އެ އެޕާޓްމަންޓް ދޫކޮށްލި އިރު، އެ ތަނުގެ ވެރިފަރާތަށް 200،000ރ.އަށް ވުރެ ބޮޑު އަދަދެއް ކުލީގެ ގޮތުގައި ދައްކަން ޖެހިފައިވާ ކަމަށްވެ އެވެ.

"އެޕާޓްމަންޓުން އެ މީހުން ނުކުމެގެން ދިޔައީ އެ ތަނުގައި ހުރި ފަރުނީޗަރުތައް ވެސް ވަގަށް ހިފައިގެން. ގޭގެ ވެރިފަރާތަށް ކުލި ނުދައްކާތާ އެތައް މަހެއްވި. އެޕާޓްމަންޓުގެ ތަޅުދަނޑި ވެސް ވެރިފަރާތާ ހަވާލުނުކޮށް ނުކުމެގެން ދިޔައީ،" ނަން ހާމަ ކުރަން ބޭނުން ނުވާ، މިކަމުގެ މައުލޫމާތު އެނގޭ މީހަކު އިއްޔެ 'ދައުރު'އަށް ބުންޏެެވެ.

"އެ މީހުން [ހަމްދޫންގެ ދެމަފިރިން] އޮތީ އެތައް ބަޔަކަށް ދަރާފައި. ވަރަށް ގިނަ މީހުންނަށް ފައިސާ ދޭން ޖެހި ނުދީ އޮތީ."

ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރަން ފެށި ކަމަށް ތުހުމަތު ކުރެވޭ އެއް ސަބަބަކީ ވެސް، އެނގިފައިވާ ގޮތުގައި، މި ދަރަނިތައް ދެއްކުމަށް ފައިސާ ހޯދުމެވެ.

ހަމްދޫންގެ ދެމަފިރިން އެ އެޕާޓްމަންޓް ކުއްޔަށް ނެގީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެޕާޓްމަންޓުން ނުކުމެގެން ގޮސްފައި ވަނީ، މި އަހަރުގެ ކުރީކޮޅު ނުވަތަ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. 

ކޮމެންޓް (5)

ހަސަނު

25 ސެޕްޓެމްބަރު 2022
ތިޔައީތަ ރަސޫލާ ސއވ މެދުވެތިކުރައްވާ ތިޔަފަދަ ކަމުގައިމުގައި ހުކުމް ކުރުމަށް އެންގެވިގޮތަކީ؟ ތިފަދަ ކަންކަމުގައި އަމަލުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާގޮތަށް އަމަލުކުރޭ. ނޫނީ އިންސާނިއްޔަތަށް ނިހާޔަތަށް އަނިޔާވެރި ތިޔަވަނީ.
12 1

ޒަރީރު

25 ސެޕްޓެމްބަރު 2022
ސަރުކާރުގެ ބޮޑުން މިކަހަކަ ހަޑިކަމެއް ކުރީމަ މަތިޖަހަން ދައްކާ ވާހަކަ
11 4

އާލިމް.

26 ސެޕްޓެމްބަރު 2022
@ޒަރީރު ޢިއްޒަތްތެރިންގެ ބޮޑު އިއްޒަތް ފޮރުވަންވެގެން. ނެރޭޓިވް ބަދަލު ކޮށްލީ
1 0

އައިސް

25 ސެޕްޓެމްބަރު 2022
ރަގަޅަށް ބަލާއިރު މި ކޮންމެ ކަމެއްގަ ދިވެހިން
12 2

ޙުުސްނާ

26 ސެޕްޓެމްބަރު 2022
@އައިސް ޜަގަޅި. ދިވެހިން އޮތީ ގިރިއަށް އަރާފަ. ޑިވެހި ރާއްޖެ ވީމާ ދިވެހިން އުޅޭނީ ދޯ. ޢަމިއްލައަށް ފިރިހެން ކުޅި ކުޅުނީ...އެހެންމީހުން ގޯސް ވީމި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް