އެމްއޭސީއެލްގެ އެމްޑީ އެންޑްރޫ (ކ) ރައީސް ސޯލިހާ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެމްއޭސީއެލް

7 ދުވަސް ތެރޭ އެމްއޭސީއެލްގެ ސީއީއޯގެ މުސާރަ ހާމަކުރަން އަންގައިފި

އައިކޮމްގެ ނިންމުމުގައި ވަނީ އެމްއޭސީއެލް އަކީ މައުލޫމާތު ހާމަކުރުމުން އިސްތިސްވާނެ މުވައްސަސާއެއް ނޫންކަމަށް.
15 ސެޕްޓެމްބަރު 2021

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯގެ މުސާރަ ހިމެނޭ ގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ 7 ދުވަސް ތެރޭ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން، އެ ކުންފުންޏަށް އަންގައިފި އެވެ.

ވީ ކިހިނެއް؟- އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލު ހޯދަން އަމިއްލަ ފަރާތަކުން އައިކޮމްގައި އެދުމުން އެ ކުންފުނިން ވަނީ އެއީ އަމިއްލަ މީހުންނަށް ދޫކުރާ މައުލޫމާތެއް ނޫން ކަމަށް ބުނެ އެ މައުލޫމާތު ހިފަހައްޓަފައިފަ އެވެ. އެ ޖަވާބާ މެދު ހިތްހަމަ ނުޖެހިގެން އެ މީހާ ވަނީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފަ އެވެ.

އައިކޮމްގެ ނިންމުން -  އެ މައްސަލާގައި އައިކޮމް އިން ނިންމާފައިވަނީ އެމްއޭސީއެލް އަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ނުހިމެނުނު ނަމަވެސް، ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބަލާނެ ކަމަށް ހައި ކޯޓުން ނިންމާފައި ވާތީ، އެދިފައިވާ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

އައިކޮމްގެ ނިންމުމުގެ މުހިންމު ބައިތައް:

  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ފ)ގެ ދަށުން ހާމަކުރަން ލާޒިމް މައުލޫމާތެއް

  • އެއީ ގާނޫނުގެ 7 ވަނަ ބާބުގައި ބަޔާންކުރާ އިސްތިސްނާ ހާލަތަކަށް ފެތޭ މައުލޫމާތެއް ނޫންކަން

  • އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު 7 ދުވަސް ތެރޭ ހާމަކުރަން އެ ކުންފުންޏަށް އެންގި

އެނގުން މުހިންމު - އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ގްރޯޑަން އެންޑްރޫ ސްޓުއާޓް އެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ޖުލައި މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް