ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކށްފއފިވާ ހިޔާ ފްލެޓް ސަރަހައްދުގައި މީހުން އުޅޭ ތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ހިޔާ ސަރަހައްދުގެ މައި ކޭބަލަކަށް ގެއްލުންވެ، ކަރަންޓާއި ފެން ކެނޑިއްޖެ
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަށް ގެއްލުންވެ، މުޅި ސަރަހައްދުން ކަރަންޓާއި ފެން ކެނޑިއްޖެ އެވެ. ނަމަވެސް، މިހާރު ވަނީ އަށް ޓަވަރަކަށް އަލުން ކަރަންޓު ދީފަ އެވެ.
ވީ ކިހިނެއް؟ - ހިޔާ ޔޫނިއަން އިން ކުރި ޓުވީޓެއްގައި ބުނީ މުޅި ހިޔާ ސަރަހައްދުން މިވަގުތު ކަރަންޓާއި ފެން ކެނޑިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ހިޔާ ސަރަހައްދުން ކަރަންޓާއި ފެން ކެނޑުނީ މިއަދު ހެނދުނު 9:15 ހާއިރު އެވެ.
ތަފްސީލް - އެކަމާ ގުޅިގެން ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތް ކުރުމަށް ކޮނުމުގެ ތެރޭގައި ގެއްލުން ވެފައި ވަނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށެވެ.
"މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ،" ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ފަހުން ބުނީ، ހިޔާގެ 16 ޓަވަރުގެ ތެރެއިން އަށް ޓަވަރަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ނުދެވި ވަނީ:
-
އެޗް1 އިން އެޗް8އަށް
"ބާކީ ހުރި ފްލެޓުތަކަށް ވީހާ ވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ފަހުން ކުރި ޓުވީޓެއްގައިވެ އެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.
ފްލެޓުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުން އަންނަ އިރު، މަތީ ފްލޯތަކުގައި ދިރިއުޅޭ މީހުންނަށް އަރާފޭބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވާތީ، އެކަމުގެ ޝަކުވާތައް ވެސް ގިނަ އެވެ.
ކޮމެންޓް (3)
ހިތަދޫ
ދާލުލާ
އަލީ