ހުޅުމާލެ ދެވަނަ ފިޔަވަހި: މިއީ މާލޭ ރައްޔިތުންނަށް ގޯތި ދޭ އެއް ތަން. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ބޯހިޔާވަހިކަން

ގޯއްޗާއި ފްލެޓް ފޯމުތަކުގެ ސައްހަކަން ބެލުން އަންނަ މަހުގެ ނިޔަލަށް ނިމޭނެ: މިނިސްޓްރީ

އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިދިޔަ 15 އޮކްޓޯބަރަށް ހަމަވިއިރު، 36،000އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވޭ
12 ޖެނުއަރީ 2023
2

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި މާލެ ސަރަހައްދުން ފްލެޓް ދޭން ހިންގާ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިދިޔަ 15 އޮކްޓޯބަރަށް ހަމަވި އިރު، 36،000އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެ އެވެ. އެގޮތުން:

  • ގޯއްޗަށް: 15،164 ފޯމު 

  • ތިން ކޮޓަރީގެ އެޕާޓްމަންޓް: 14،489 ފޯމު

  • ދެ ކޮޓަރީގެ އެޕާޓްމަންޓް: 6،208 ފޯމު 

  • މުޅި ޖުމުލަ 35،861

ބުނީ ކީކޭ؟ - ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން 'ދައުރު'ން މިއަދު ސުވާލުކުރުމުން، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"އެ މަސައްކަތް ކުރިއަށް އެބަދޭ،" އިތުރު ތަފްސީލު ދެއްވުމެއް ނެތި އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް، ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.

ހުޅުމާލޭން ދޫކުރާ ގޯއްޗާއި ފްލެޓުގެ އިތުރުން، ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން، ގުޅީފަޅުން 1،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯތި ދޭނެ ކަމަށް، މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ވަނީ މި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ މިހާރު ހަމަޖައްސާފަ އެވެ. ގުޅިފަޅު ހިއްކަން ބޭނުންވާ 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނު ހޯދީ ޔޫރަޕުގެ ތިން ބޭންކަކުންނެވެ. ގިރާވަރުފަޅު ހިއްކަން ބޭނުންވާ ފައިސާއިން ބަޔެއް ހަމަޖެއްސީ ނ. އަތޮޅުން ފަޅަކާއި ރަށެއް 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ)އަށް ވިއްކާލައިގެންނެވެ.

ފަސްމަންޒަރު - 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ. ނަމަވެސް، ގޯއްޗަށް ކުރިމަތިލެވެނީ ހަމައެކަނި މާލޭ މީހުންނަށެވެ. އެގޮތަށް ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ.

މާލޭގައި ރަޖިސްޓްރީ ނުކުރިޔަސް މުޅި އުމުރު މާލޭގައި ހޭދަކުރި އެހެން ރަށްރަށުގެ އެތައް ހާސް ބަޔަކު ގެންދަނީ މާލެ ސަރަހައްދުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅެމުންނެވެ. މާލޭ މީހުން ކަމަށް ބަލާ އުސޫލު އޮތް ގޮތުން، މާލޭ ދަފްތަރުގައި ހިމެނޭ ބައެއް މީހުން ވެސް ގޯތީގެ ސްކީމުން ބާކީވެ އެވެ.

ކޮމެންޓް (2)

ފާސަރު

12 ޖެނުއަރީ 2023
ސުކުރިޔާލޮބުވެތިރައީސުލްޖުހޫރިޔާ އިބުރަހިމް މުހަމަދު ސޯލިހު.މަލޭގެރައްޔިތުން ހެއްވާލެއްވުނު އެމް ޑީ ޕީ ގެލޮބުވެތި ރައީސް. މާތްﷲތިފަދައޯގާތެރިވެރިޔަކައްދެވަނަ ދައުރެއް މިންވަރުކުރައްވަވާށިއާމީން. ހިތުންރުހުމުން މަލޭގެއެއްމެހާރައްޔިތުންވެސް،މަނިކުފަނުންނައްވޯޓުވެއްވަވާނެ،ދެވަނަދައުރެއްދެއްވަވާނެކަމާމެދަކު އަޅުގަޑުޝައްކެއްނުކުރަން .ކެންޑިޑޭޓް ނަންބަރު2ކައްވޯތުދެއްވަވާ.
1 0

ޢަހުމަދު

12 ޖެނުއަރީ 2023
ގޯތިފޯމްތަކަކީ ފެށުމުގާވެސް ބާތިލު ތަފާތުކުރުންބޮޑު ކަމެއް. ކޯޓުން ބަލަންޖެހޭ ކަމެއް
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް