ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ފުލުހުން

6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

59 އަހަރުގެ އެ މީހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި
28 މާރިޗު 2022

ދެކުނުގެ ރަށެއްގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ ދެކުނު ޕޮލިސް ރީޖަން (ގއ. ގދ. އަދި އައްޑޫ) ހިމެނޭ ރަށެއްގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ މައްސަލައެއް ހުށަހެޅީ މި މަހުގެ 24ގައި ކަމަށެވެ.

ތަފްސީލް - ތަރުޖަމާނު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން މާޗު 25ގައި ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް