ކެމްޕެއިނަށް އިމްތިޔާޒު މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ ބައެއް މީހުން އޭނާއާ އެކު ފޮޓޯ ނަގަނީ (ފޮޓޯ/ޓްވިޓާ)

ޗެއާޕާސަންކަމުގެ ކެމްޕެއިނަށް އިމްތިޔާޒު ފުވައްމުލަކަށް

އިމްތިޔާޒުގެ ޓީމުން ބުނިގޮތުގައި އޭނާ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދޮރުން ދޮރަށް ހިންގަވާނެ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިނަށް މިއަދު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

އެނގުން މުހިއްމު - އޭޕްރީލް 16ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒުގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ފައްޔާޒުގެ ކެމްޕެއިނު ހަރަކާތްތައް މިރޭ ށ. މިލަންދޫގައި ވަނީ ފަށައިފަ އެވެ.

ތަފްސީލް - އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ބުނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް އިމްތިޔާޒު ފުވައްމުލަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން:

  • އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ

  • ޑޯ ޓު ޑޯ ހަރަކާތްތައް ކުރިއަށް ގެންދަވާނެ

އިމްތިޔާޒަށް ފުވައްމުލަކުން މަރުހަބާ ކިޔަނީ

އިމްތިޔާޒުގެ ކެމްޕެއިންގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް އިމްތިޔާޒް ވަނީ އެމްޑީޕީގެ ތަރުޖަމާނުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އެ މަގާމުގައި 10 އަހަރު ހުންނެވި އެވެ.

އިމްތިޔާޒް 'ދައުރު'އަށް ވިދާޅުވެފައިވާ ގޮތުގައި، އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީ "އޭގެ އަސްލަށް ރުޖޫއަކުރާ"ށެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް