އަޒުހާންގެ ހަށިގަނޑު ފެނުނު ބިން ބަންދުކޮށްފައި: މިތަނުގައި އަޅަނީ ބިދޭސީންގެ އެކޮމަޑޭޝަން (ދައުރު ފޮޓޯ)

އެޗްޑީސީ

ހުޅުމާލޭގައި ސްޓޭޑިއަމް އަޅަން ހާއްސަކުރި ބިމުގައި ބިދޭސީންގެ ބޮޑު އެކޮމަޑޭޝަން ބްލޮކެއް ހަދަނީ

މަރުވެފައި އޮއްވާ އަޒުހާންގެ ހަށިގަނޑު ފެނުނީ މިހާރު ފެންސް ޖަހާ ބަންދުކުރަމުން އަންނަ ސަރަހައްދުން

މުހިންމު ނުކުތާތައް

ހޮންކޮން ކުންފުންޏަކުން އަޅާ އިމާރާތްތަކުގައި 9،000 މީހުންނަށް ދިރިއުޅެވޭނެ

އިމާރާތްތައް އަޅަން އެޗުޑީސީން ދިނީ 14 މަސްދުވަހުގެ މުއްދަތެއް

ގަތަރުން އަޅަން ނިންމި ސްޓޭޑިއަމް ޕްރޮޖެކްޓް ވަނީ ސިޔާސީ ގުޅުން ކެނޑުމުން ހުއްޓިފައި

ގެއްލިގެން ހޯދަމުން ދަނިކޮށް، މުހައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނު ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްގީކުރަން ހަމަޖައްސައި، އެ ސަރަހައްދުގައި ފެންސް ޖަހަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ހ. ބޮނޑިކަނދޮޅުގޭ އުމުރުން 27 އަހަރުގެ އަޒުހާން ސެޕްޓެމްބަރު މަހު ގެލިގެން ހޯދަމުން ދަނިކޮށް އޭގެ 14 ދުވަސް ފަހުން އެ ހުސް ބިމުގެ ބޯ ގަސްތަކުގެ ތެރެއިން ފެނުނީ މިދިޔަ މަހު ކުރީކޮޅު އެވެ. އޭގެ ފަހުން އެޑީސީން ވަނީ އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި މިހާރު އަންނަނީ ވަށައިގެން ޓިނު ފެންސެއް ޖަހަމުންނެވެ.

ތަފްސީލު - އެޗްޑީސީގެ ޕީއާރު އެސިސްޓެންޓް މެނޭޖަރު އަހްމަދު މިމްރާހު މިއަދު 'ދައުރު'އަށް ވިދާޅުވީ،  އެ ބިމުގައި އަޅަނީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އެކޮމަޑޭޝަން އިމާރާތްތަކެއް ކަމަށެވެ. ބިން ބަންދުކުރީ، އެ ޕްރޮޖެކްޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބިން ބަންދުކުރުމާއި [އަޒުހާންގެ] ހަށިގަނޑު ފެނުމާ ގުޅުމެއް ނެތް. ކުރިއަށް އޮތް ދެ ހަފްތާ ތެރޭ މަޝްރޫއާ ގުޅޭ މައުލޫމާތު ހާމާ ކުރާނެ،" މިމްރާހު ވިދާޅުވި އެވެ.

މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން އެ ބްލޮކްގައި ހަދާ އިމާރާތްތަކުގައި ގާތްގަނޑަކަށް 9،000 މީހުންނަށް ދިރިއުޅެވޭނެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން އެ ބިން ހާއްސަކޮށްފައި އޮތީ، ގަތަރުގެ އެހީގައި ހުޅުމާލޭގައި ހަދާ ފުޓްބޯޅަ ސްޓޭޑިމް އެޅުމަށެވެ. އެކަމަކު މިދިޔަ ސަރުކާރުން ގަތަރާއި ރައްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ އެކު އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ.

ބިދޭސީ މުވަޒަފުން ދިރިއުޅޭނެ އިމާރާތް އެޅުމަށް ބިން ބަންދުކޮށްފައި: މިއީ މީގެ ކުރިން ގަތަރުގެ ސްޓޭޑިއަމް އަޅަން ހާއްސަ ކުރި ބިން (ދައުރު ފޮޓޯ)

ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން

ހުޅުމާލޭގައި ބިދޭސީންގެ އެކޮމަޑޭޝަން އަޅަން އެޗްޑީސީން ހޮންކޮން ކުންފުންޏަކާ އެކު ސޮއިކުރީ، މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ. އޭރު އެ އިމާރާތް އަޅާނެ ތަނެއް ހާމަކޮށްފައެއް ނުވެ އެވެ. އެޗްޑީސީން އޭރު ބުނެފައިވަނީ:

  •  މިއީ ރާއްޖޭގެ އެކި ކުންފުނިތަކުން ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދޭން ހިންގާ މަޝްރޫއުއް ކަމަށް

  • 7،000 ލޭބަރުންނާއި 2،000 ހޮސްޕިޓަލިޓީ މުވައްޒަފުންނަށް ދިރިއުޅެވޭނެ 18 ބްލޮކް ހިމެނޭ

  •  ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހަނާ ބަރި އާއި ނަމާދުކުރާނެ ތަނާއި ފިހާރަ ހިމެނޭ

  •  ފަސް ފަންގިފިލާއެއްގައި އޮފީސްތައް ހުންނާނެ 

  • 14 މަސް ތެރޭ ނިންމަން މަސައްކަތް ހަވާލުކުރީ، ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާ

ކޮމެންޓް (1)

ގައުމު

26 ނޮވެމްބަރު 2022
ދިވެހިން ގައުމުގައި ދިވެހިންބިކަ . ޢަދިވެސް ބޭރުމީހުންނަށްތަ ހަދަންވީ އެކޮމޮޑޭޝަން
0 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް