އެޗްޑީސީން ހުޅުމާލޭގެ ތަރައްގީގެ 4 މަޝްރޫއެއްގައި ސޮއި ކުރަން ބޭއްވި ހަފްލާގެ ތެރެއިން (ފޮޓޯ: އެޗްޑީސީ)

އެޗްޑީސީ

ހުޅުމާލޭގައި ޑޭކެއާ ސެންޓަރަކާ އެކު 4 މަޝްރޫއެއްގައި ސޮއިކޮށްފި

6 އޮކްޓޯބަރު 2022

ހުޅުމާލެގައި ޑޭކެއާ ސެންޓަރަކާ އެކު ހަތަރު މަޝްރޫއުއެއްގެ އެއްބަސްވުންތަކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުނިތަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

ތަފްސީލު - ތަފާތު ހަތަރު ކުންފުންޏަކާ އެކު އެ މަޝްރޫއޫތަކުގެ އެއްބަސްވުންތަކުގައި  ސޮއިކޮށްފައިވަނީ މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެޗްޑީސީގެ ފަރާތުން އެ ހަތަރު އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

ޑޭކެއާ ސެންޓަރު:

އެޗްޑީސީން ބުނި ގޮތުގައި ޑޭކެއާ ސެންޓަރަކީ 3،000 އަކަފޫޓުގެ ޖާގައިގެ ހަ ބުރީގެ އިމާރާތެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި ސެންޓަރުން:

  • ޒަމާނީ ޑޭކެއާގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ

  • ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލިނިކްތައް ގާއިމްކުރާނެ

  • ދެ އަހަރު ތެރޭ ނިންމުމަށް އެ މަސައްކަތް ހަވާލު ކުރީ، އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ)އާ؛ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުالله ގާސިމް

ބިދޭސީ މަސައްކަތްތެރިންގެ އިމާރާތް:

އެޗްޑީސީން ބުނި ގޮތުގައި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން އަޅާ މި އިމާރާތަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ފަށާ މަޝްރޫއުއެކެވެ.

އެގޮތުން:

  • 7000 ލޭބަރުންނާއި 2000 ހޮސްޕިޓަލިޓީ މުވައްޒަފުންނަށް ދިރިއުޅެވޭނެ 18 ބްލޮކް ހިމެނޭ

  • ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހަނާބަރިއަކާއި ނަމާދުގެ އަދި ފިހާރަ ހިމެނޭ

  • ފަސް ފަންގިފިލާއެއްގައި އޮފީސްތައް ހުންނާނެ

  • 14 މަސް ތެރޭ ނިންމުމަށް މި މަސައްކަތް ހަވާލު ކުރީ، ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާ؛ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ، ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫ

އެޗްޑީސީން ހުޅުމާލޭ ތަރައްގީގެ ހަތަރު މަޝްރޫއެއްގައި ސޮއި ކުރަން ބޭއްވި ހަފްލާގެ ތެރެއިން (ފޮޓޯ: އެޗްޑީސީ)

އޮޓޯ ސެންޓާ: 

އެޗްޑީސީން ބުނި ގޮތުގައި އެކުންފުނިން އިސްނަގައިގެން އޮޓޯ ސެންޓަރެއް ތަރައްގީ ކުރުމަށް ނިންމާފައިވަނި ވެލްޑިން ކުރުމާއި ޓިންކަރިން ފަދަ މަސައްކަތްތަކަކީ އާންމުން ދިރިއުޅޭ ހިސާބުތަކުގައި ކުރުން އެހާ ރައްކާތެރިކަމަށް ނުވާތީ އެވެ. އެގޮތުން:

  • އޮޓޯ ސެންޓަރަކީ ބޭސްމަންޓާ އެކު ފަސް ބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް

  • ދެ އަހަރު ތެރޭ ނިންމުމަށް މި މަސައްކަތް ހަވާލު ކުރީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންއާ؛  ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ، ކުންފުނީގެ ޖެނެރަލް މެނޭޖަރު ޖަންގް ޓާއޯ

ޕާކިން ބިލްޑިން: 

މިއީ، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ޕާކު ކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދަމާސްގެ އިސްނެގުމުގެ މަތިން ތަރައްގީކުރަން ނިންމާފައިވާ ޕާކިން އިމާރާތެކެވެ.

އެގޮތުން:

  •  24،700 އަކަފޫޓުގެ ޖާގައިގެ މި ޕާކިން އިމާރާތުގައި ހަ ބުރި ހުންނާނެ

  • ފުޑްކޯޓެއް ވެސް އެ ސަރަހައްދުގައި ތަރައްގީކުރާނެ

  • ދެ އަހަރު ތެރޭ ނިންމުމަށް މި މަސައްކަތް ހަވާލު ކުރީ ދަމާސްއާ؛ އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސާލިހް

އެ މަސައްކަތްތައް އެ ކުންފުނިތަކާ ހަވާލު ކުރީ ކިހާ އަގަކަށް ކަމެއް އެޗުޑީސީއަކުން ނުބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް