މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ: ޗެކުން ކުރާ މުއާމަލާތް މަދުކުރަން ފިޔަވަޅު އަޅަން ވަނީ ނިންމާފައި. (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)
50،000ރ. އިން މަތީގެ މުއާމަލާތްތައް ޗެކުން ނުކުރެވޭ ގޮތް ހަދަނީ
ބައި ލައްކަ ރުފިޔާ ނުވަތަ 50،000ރ.އަށް ވުރެ މަތީގެ މުއާމަލާތްތައް ޗެކް ބޭނުންކޮށްގެން ނުކުރެވޭ ގޮތަށް ހަމަޖައްސަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.
ބުނީ ކީކޭ؟ - އެ ބަދަލާ ގުޅޭ ގޮތުން އެމްއެމްއޭ އިން މިއަދު ބުނީ:
-
އަންނަ އެޕްރީލް މަހުން ފެށިގެން 50،000ރ. އަދި 3،000 ޑޮލަރުން މަތީގެ މުއާމަލާތްތަކުގައި ޗެކް ބޭނުމެއް ނުކުރެވޭނެ
-
އެގޮތަށް ހަމަޖައްސަނީ ޗެކުން ކުރެވޭ މުއާމަލާތްތައް މަދުކޮށް އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބާރު އެޅުމަށް
-
ނަގުދު ފައިސާ މަދުކުރުމާއި ޗެކަށް ބަރޯސާވުން ކުޑަކުރަން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން ތަންފީޒު ކުރަން ފަށާ މިއީ ފުރަތަމަ ފިޔަވަޅު
"ވިޔަފާރިތަކާއި އާންމު ފަރުދުން ކުރާ މުއާމަލާތްތައް ވެސް މި އުސޫލުގެ ތެރެއަށް ފެތޭނެ،" އެމްއެމްއޭ އިން ބުންޏެވެ.
ޗެކް ބޭނުން ކުރުން ހުއްޓާލާ ތާރީހާ ކައިރިވުމުން އެ ބަދަލުގެ މައުލޫމާތު ވީހާ ވެސް ބޮޑަށް އާންމުންނަށް އަންގައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
ގުޅުން ހުރި ކަމެއް - އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދާދި ފަހުން ވަނީ ރާއްޖެއަށް ޑިޖިޓަލް ފައިސާއެއް ތައާރަފް ކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އާ ޕޭމަންޓް ޕޯޓަލް ތައާރަފް ކުރަން ވެސް އެމްއެމްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.