ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލް (ކ) މިއުޒިކް ކުޅުންތެރިޔާ އަހުމަދު ޝަހީދުގެ (ވ) އަލްބަމް ނެރެދެއްވަނީ (ފޮޓޯ/ބައިސްކޯފު)

ބައިސްކޯފަށް އަނެއްކާވެސް އާ، ހިތްގައިމު އުފެއްދުންތަކެއް

މިފަހަރުގެ އުފެއްދުންތަކުގެ ތެރޭގައި މިއުޒިކް އަލްބަމަކާއި އާ ސީރީސްތައް ހިމެނޭ
21 އޯގަސްޓު 2022

މުހިންމު ނުކުތާތައް

މުންތަސިރުގެ އާ ސިލްސިލާ 'ގުދަން' ދައްކަން ފަށާނީ މިއަދު

ތްރިލާތަކުގެ ތެރޭގައި 'ނެތީމާ' ވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ

'ޑާކްރެއިން ކްރޮނިކަލްސް' ހިމެނޭނީ ބެލުންތެރިންނަށް ރަނގަޅު އުފެއްދުމަކަށް

ދިވެހި ކޮންޓެންޓް ސްޓްރީމިން ޕްލެޓްފޯމް ބައިސްކޯފުން އަލަށް ދައްކާ އުފެއްދުންތަކެއް ލޯންޗްކޮށްފި އެވެ. އިއްޔެ އޮތް އެ އިވެންޓްގައި އާ ކޮންޓެންޓްތައް ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ.

މިއީ އަނެއްކާވެސް ބައިސްކޯފްގެ ކޮންޓެންޓްސްތަކަށް އިތުރުވާ އާ މުއްސަނދިކަމެކެވެ. މިފަހަރު ވެސް ރާއްޖޭގެ ހުނަރުވެރި ފަންނާނުންގެ ބައިވެރިވުން މީގައި ވަރަށް ބޮޑަށް ހިމެނެ އެވެ. އާ ހިޔާލާއި އާ ސްޓައިލްގެ އުފެއްދުންތަކެވެ.

ޝަހީދުގެ ސްޓެސިސް

ބައިސްކޯފުގެ އާ ކޮންޓެންޓް މީޑިއާއާ ހިއްސާކުރަނީ (ފޮޓޯ/ބައިސްކޯފު)

މިއީ ރާއްޖޭގެ ކުޅަދާނަ ގިޓަރިސްޓް އަހުމަދު ޝަހީދު، ނުވަތަ މިއުޒިކީ ނަމުން ނަމަ ޝަހީދު ލެގަސީގެ އާ އަލްބަމް ސްޓެސިސް އެވެ. މިއީ ޝަހީދުގެ 5 ވަނަ ސޯލޯ އަލްބަމެވެ. ސްޓެސިސް އަލްބަމުގައި ހިމެނެނީ ހަތް ޓްރެކެވެ.

ޝަހީދުގެ އަލްބަމްގައި ހިމެނެނީ7 އިންސްޓްރޫމެންޓަލް ޓްރެކް

މި އަލްބަމް ނެރެދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލް އެވެ.

ގުދަން

މުހައްމަދު މުންތަސިރު (މުންކޮ) ބައިސްކޯފުގައި ބޭއްވި އިވެންޓެއްގެ ތެރެއިން (ފޮޓޯ/ބައިސްކޯފު)

އިޖްތިމާއީ އެކި މައްސަލަތަކަށް ބިނާކޮށްފައިވާ ވެބްސީރީސް 'ގުދަން' މިއީ މުހައްމަދު މުންތަސިރު (މުންކޮ)ގެ މުޅިން އާ ކޮންސެޕްޓަކަށް ލިޔެފައިވާ 12 އެޕިސޯޑުގެ  ސީރީޒްއެކެވެ. ސީރީޒްގެ ސްކްރީންޕްލޭ ލިއުނީ އެތައް ފިލްމަކަށް ސްކްރީންޕްލޭ ލިޔެދީފައިވާ މަހްދީ އަހުމަދެވެ. މި ސިލްސިލާ ޑައިރެކްޓްކުރީ އިބްރާހިމް ވިޝާމް އެވެ.

ބައިސްކޯފުން މި ސިލްސިލާ މިއަދު ދައްކަން ފަށާނެ އެވެ.

ނެތީމޭ

މަޝްހުރޫ ލިޔުންތެރިޔާ އަދި ޑައިރެކްޓަރުގެ މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރާ ކްރައިމް ތްރިލާ 'ނެތީމޭ' ދައްކަން ފަށާނީ އަންނަ މަހު އެވެ. ފަސް އެޕިސޯޑުގެ މި ސީރީސްގެ ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު، އަހުމަދު ޝާރިފް އަދި ނަތާޝާ ޖަލީލް ހިމެނެ އެވެ.

މޫމިން ފުއާދު (ވ)، އިބްރާހިމް ވިސާން (މ) އަދި މުހައްމަދު މުންތަސިރު (ފޮޓޯ/ ބައިސްކޯފު)

މޫމިން ފުއާދު 202 ގައި ބައިސްކޯފަށް ތައްޔާރުކޮށްދިން ވެބް ސީރީޒް 'ގަމިނި' އަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންކަމުން އޭނާގެ އާ ސިލްސިލާއަކަށް އެތައް ބަޔަކު ތިބީ އިންތިޒާރުކޮށްކޮށެވެ. 

ވެބް ސީރީސް ގމިނީ އަށް ފަހު މުއުމިން ފުއާދު ގެނެސްދެނީ ނެތީމޭ

ޑާކްރެއިން ކްރޮނިކަލްސް

އަންނަ ސެޕްޓެމްބަރުގައި ޑާކްރެއިން އެންޓަޓެއިންމަންޓް އިން ވެސް ބައިސްކޯފަށް އާ އުފެއްދުމެއް ގެނެސްދޭނެ އެވެ. ޑާކްކްރޮނިކަލްސް ބިނާކޮށްފައި އޮތީ ހަ އެޕިސޯޑުގެ މައްޗަށެވެ. މި ސިރީސްގައި ފެންނާނީ ބަދަލުހިފުމެވެ. މި ސީރީސް ލިޔެފައިވަނީ އަހުމަދު ތޮލާލް އެވެ. ޑައިރެކްޓްކުރީ ޝިފާއު އަލީ އެވެ.

ބައިސްކޯފުގެ އާ ކޮންޓެންޓްތައް ދައްކާލަން ބޭއްވި އިވެންޓްގެ ތެރެއިން (ފޮޓޯ/ ބައިސްކޯފު)
ޑާކްރެއިން ކްރޮނިކަލްސް ގެ ޓީޒާ އެއް

ބައިސްކޯފްގެ ކޮންޓެންޓްސް މިހާރު ބެލެނީ ހަމައެކަނި މޮބައިލް ފޯނުން އެކަންޏެއް ނޫނެވެ. ޓީވީން ވެސް ބެލޭނެ އެވެ. ބައިސްކޯފަށް ސަބްސްކްރިޕްޝަން ދެއްކުމުން، ބައިސްކޯފްގެ މުއްސަނދި ހުރިހާ އުފެއްދުންތަކެއް، އެއިން ކޮންމެ ވަސީލަތަކުން ބަލައިލުމުގެ ފުރުސަތު އެބަ އޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް