މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދު. (ފޮޓޯ/ ފުލުހުން)

ފުލުހުން

އަހުސަން މެރުމުގައި އެހީވި ޝިމާޒް 7 އަހަރު ފަހުން ހައްޔަރުކޮށްފި

ޝިމާޒް ހައްޔަރުކުރީ ހައި ކޯޓުން އޭނާ ހައްޔަރުކުރަން އިއްޔެ ކުރި އަމުރާ ގުޅިގެން އައްޑޫ ސިޓީން
5 އޮކްޓޯބަރު 2021

މީގެ 10 އަހަރު ކުރިން، ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި، ދައުލަތުން ދައުވާ އުފުލި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދު އަލުން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ޝިމާޒްގެ އިތުރުން ދެން ދައުލަތުން ދައުވާ އުފުލީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށެވެ.

  • ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ

  • ޝިމާޒްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ

ކްރިމިނަލް ކޯޓުން 2014 ގައި ހުކުމް ކުރީ އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުނުވާ ކަމަށެވެ. އެ ހުކުމާއެކު ޝިމާޒް ހުރީ މިނިވަންވެފަ އެވެ.

ތަފްސީލް - ނަމަވެސް މަރުގެ ތުންފަތް މަތީގައި އޮވެ އަހުސަން ބަޝީރު ބުނި ބަހަށް ހެކީގެ ބުރަދަން ދީ، ހައި ކޯޓުން އިއްޔެ ވަނީ އެ ދެމީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ. އަދި ޝިމާޒަށް އަދަބު ކަނޑައަޅަންދެން އޭނާ 10 ދުވަހަށް ބަންދުކުރަން ހައި ކޯޓުން އަމުރުކުރި އެވެ. 

ބުނީ ކީކޭ؟ - ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ދައުރު' ނޫހަށް ވިދާޅުވީ، ހައި ކޯޓުގެ އަމުރާ އެއްގޮތަށް އިއްޔެ ޝިމާޒް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އައްޑޫ ސިޓީންނެވެ.

އެނގުން މުހިންމު - މަރުގެ މައްސަލައަކަށް ވާތީ، އެ މައްސަލައިގައި އަދަބު ކަނޑައަޅާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު އެވެ.

އަހުސަން މެރުމުގައި ޝިމާޒް އެހީވީ ކިހިނެއް؟

އަހުސަން ބަޝީރުގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރާލީ މައްސަލައިގައި ދައުވާ ލިބޭ ޝަހުމް ކަމަށް ވަނީ ސާބިތުވެފަ އެވެ. އަދި އަހުސަން ބަޝީރު ގަޔަށް ވަލީ ޖެހި ތަނަށް ސައިކަލުގައި ޝަހުމް ގެންދިޔައީ ޝިމާޒް ކަމާއި، އަހުސަން ބަޝީރަށް ހަމަލާ ދިން އިރު އެ ތަނުގައި ޝިމާޒް މަޑުކޮށްގެން އިނެވެ. އަދި އަހުސަން ބަޝީރަށް ހަމަލާ ދިނުމަށްފަހު، ޝަހުމް ގޮވައިގެން ސައިކަލުގައި އެތަނުން ގޮސް، ޝަހުމް ފިލުވުމުގައި ވެސް ޝިމާޒް އެހީވި ކަމަށް އިއްޔެ ކޯޓުން ވަނީ ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް