ދަނޑުވެރިކަމަށް ދޫކުރަން ނިންމި ފަސް ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް، ށ. ނެޔޮ: އެ ރަށުގެ ބޮޑު މިނަކީ 20 ހެކްޓަރު.
ދަނޑުވެރިކަމަށް 5 ރަށެއް 21 އަހަރަށް ކުއްޔަށް ދޭން ބީލަމަށް ލައިފި
ދަނޑުވެރިކަން ކުރަން ފަސް ފަޅު ރަށެއް ސަރުކާރުން މިއަދު ބީލަމަށް ލައިފި އެވެ.
އެންގުން މުހިންމު - ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވެސް ހަ ރަށެއް ބިޑަށް ލި އެވެ.
ތަފްސީލު - އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ދެ ވަނަ ބުރުގައި ވެސް ރަށްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ 21 އަހަރަށް ކަމަށެވެ.
ކުއްޔައް ދޫކުރަން ނިންމި ރަށްތައް:
-
1-
ށ. ނެޔޮ - 20.17 ހެކްޓަަރު
-
2-
ނ. ތޮޅެންދޫ - 16.13 ހެކްޓަރު
-
3-
ގދ. އޮއިނިގިއްލާ -14.38 ހެކްޓަރު
-
4-
މ. މާހުރާ - 4.80 ހެކްޓަރު
-
5-
ލ. ތުނބުރި - 18.48 ހެކްޓަރު
ބުނީ ކީކޭ؟ - ކުކުޅު، އަސްދޫނި ފަދަ ޕޯލްޓްރީގެ ބާވަތްތަކާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް އިތުރުކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
"މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަގްސަދަކީ، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަން ޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ،" އިއުލާނުގައި ބުންޏެވެ.
އެނގުން މުހިންމު -
-
ކުއްޔަކީ، އަހަރަކަށް އަކަފޫޓަކަށް 10 ލާރި
-
ރައްތަކުގެ ބިމުގެ ސަރަހައްދުން ގިނަވެގެން %30 ސަރަހައްދެއްގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭ
-
ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ މި މަހުގެ 18 އިން އަންނަ މަހުގެ 20އަށް؛ ބީލަން ފޮތުގެ އަގަކީ 2،000ރ.
ފަސްމަންޒަރު - މިިދިޔަ އަހަރު ދަނޑުވެރިކަމަށް ހަ ރަށް ދޫކުރަން ހުޅުވާލި އިރު ވެސް ގދ. އޮއިނިގިއްލާ އާއި ށ. ނެޔޮ އަދި ނ. ތޮޅެންދޫ ވެސް ހިމެނެ އެވެ. އެ ފަހަރު އިއުލާނުކުރި ހަ ރަށުގެ ތެރެއިން ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ފަހުން ނިންމި އެވެ.
މިދިޔަ އަހަރު އިއުލާނުކުރި ރަށްތައް:
-
1-
ހއ. މަޑުލު
-
2-
ށ. ކަކާއެރިޔަދޫ
-
3-
ށ. ނެޔޮ
-
4-
ނ. ތޮޅެންދޫ
-
5-
ބ. މާއްޑޫ
-
6-
ގދ. އޮއިނިގިއްލާ
ކޮމެންޓް (1)
ޜަށުމީހާ