މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރި ސާލިމް ކްރައިމް ސީންއަށް ގެންގޮސްގެން ފުލުހުން އިތުރު މައުލޫމާތު ހޯދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

މަހުމޫދުގެ މަރު

މަހްމޫދު މަރާލި ކަމަށް ތުހުމަތުކުރަނީ ބިދޭސީ މީހާއަށް އެކަނި: ފުލުހުން

ފުލުހުން ބުނީ މަހްމޫދުގެ މަރުގައި ބިދޭސީ މީހާ ނޫން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް

އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލުމުގައި ތުހުމަތުކުރަނީ ހަމައެކަނި މިހާރު ހައްޔަރުގައި ހުރި ބަންގްލަދޭޝްގެ މީހާއަށް އެކަނި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - އެތައް އަނިޔާތަކެއްކޮށް މަހުމޫދު މަރާލުމަށް ފަހު ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅަކަށް އެއްލާލާފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނީ މި މަހުގެ 14ގަ އެވެ. 

ބުނީ ކީކޭ- އެ މަރަށް ފަހު، ފުރަތަމަ ފަހަރަށް ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މަރުގެ މައްސަލައިގައި ހައްޔަރުގައި ހުރި "ޝާ އަލޮމް މިއާ [ސާލިމް] ފިޔަވާ އިތުރު މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ކުރެވުނު ތަހުގީގަށް" އެނގިފައި ނެތް ކަމަށެވެ.

ސާލިމް ހައްޔަރުކުރީ އެރަށުގައި އޭނާ ދިރިއުޅެމުން ދިޔަ ގެއިންނެވެ. ފުލުހުން ބުނި ގޮތުގައި މައްސަލައާ ގުޅުން ހުރި ގިނަ އަދަދެއްގެ ތަކެތި އެގޭ ތެރޭގައި ވަޅުލާފައި ހުއްޓާ މިހާރު ވަނީ ހޯދައިފަ އެވެ.

"އޭގެ ތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީ ކާޑާއި މައްސަލައާ ގުޅޭ އިތުރު ބައެއް ތަކެތި ހިމެނޭ" ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު އޭނާގެ ފައިސާ ދަބަހާއި ކާޑު ގުދަނުގައި ތަޅުދަނޑި ފެނުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

އެނގުން މުހިންމު - މަހުމޫދުގެ މަރާ ގުޅިގެން ރަށު މީހުން ފުރަތަމަ ތުހުމަތުކުރީ، އެރަށުގައި ދިރިއުޅެމުން އައި ތޮއްޑޫ ދެ މީހުން ކަމަށެވެ. ފުލުހުންނާ އެ ދެ މީހުން ހަވާލުކުރީ ރަށުގެ ބައެއް ނުކުމެ، އަނިިޔާ ވެސް ކޮށްފައި ކަމަށްވެ އެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި އެމީހުން ހައްޔަރުކުރި އެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ މަހްމޫދުގެ މަރާ އެމީހުންނާ ގުޅޭ އެއްވެސް ފޮރެންސިކް ހެއްކެ ނެތް ކަމަށެވެ. އެ މީހުން އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް