ސަފާރީ އައިލެންޑު ރިސޯޓު (ފޮޓޯ/އަގޯޑާ)

މޫދަށް އެރިއުޅުނު އަންހެން ޓޫރިސްޓަކު މަރުވެއްޖެ

މީގެ ހަފުތާއެއް ކުރިން ވެސް ޓޫރިސްޓަކު ވަނީ މޫދުގައި މަރުވެފައި

އދ. މުށިމަސް މިގިލީގައި ހިންގާ ސަފާރީ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު އަންހެން ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އުމުރުން 61 އަހަރުގެ އަންހެނަކު މޫދަށް އެރި އުޅެނިކޮށް މަރުވިކަމުގެ މައުލޫމާތު ރިސޯޓުން ފުލުހުންނަށް ދިނީ ހަވީރު 4:30 ހާއިރު ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއްކަން ފުލުހުން ނުބުނެ އެވެ.

އޭނާގެ ހަށިގަނޑު ގެންދިޔައީ އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ.

ގުޅުން ހުރި - މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ކަނޑު އަޑިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް