ޓޫރިސްޓު މީހާ ގެއްލުނު ސަރަހައްދާއި އޭނާ ފެނުނު ސަރަހައްދު ދައްކައިދޭ ޗާޓެއް

ގެއްލުނު ޓޫރިސްޓުގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ

އޭނާ ފެނުނީ، ގެއްލުނު ސަރަހައްދާ މާދުރު ނޫން ހިސާބަކުން، މޫދު އަޑިން

ޑައިވިނަށް ފައިބައި އުޅެނިކޮށް ގެއްލުނު ޓޫރިސްޓު މީހާ ހޯދަނިކޮށް، ކަނޑުގެ އަޑިން މިއަދު ފެނިއްޖެ އެވެ. 

ވީ ކިހިނެއް؟- އެމްއެންޑީއެފް އިން އިއްޔެ ބުނިގޮތުގައި ގެއްލިފައި ވަނީ އދ. މަންދޫ ކައިރި ފަރަކަށް މެންދުރު ފަހު، ޑައިވް ކުރަން ފޭބި ޓޫރިސްޓެކެވެ. އެމްއެންޑީއެފުން އޭނާ ހޯދަން ކުރި މަސައްކަތުން، މިއަދު 3:10ގައި، ކަނޑުގެ 15 މީޓަރުގެ އަޑިން ޓޫރިސްޓު މީހާ ފެނިފައިވާ ކަމަށް އެތަނުން ބުންޏެވެ.

އޭނާ ފެނުނީ، ގެއްލުނު ސަރަހައްދާ މާ ދުރު ނޫން ހިސާބަކުންނެވެ.

ހާދިސާގެ މުހިންމު މައުލޫމާތު ކުރުކޮށް:

  • 1-

    މަރުވެފައިވަނީ 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއް

  • 2-

    އޭނާއާ އެކު، އިތުރު ޓޫރިސްޓުން ވެސް ޑައިވް ކުރަން ފޭބި

  • 3-

    ގެއްލުނު މީހާ ހޯދުމަށް، ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ބެލި

އެނގުން މުހިންމު - މޫދަށް އެރެން ނުވަތަ ސްނޯކަލް ކުރުމާއި ޑައިވިން ކުރަން އުޅެނިކޮށް، ދޭތެރެ ދޭތެރެއިން ޓޫރިސްޓުން ގެއްލުމާއި މަރުވުމުގެ ހާދިސާތައް ހިނގަ އެވެ. ރާއްޖޭގައި އެންމެ ގިނައިން ޓޫރިސްޓުން މަރުވަނީ ވެސް މި ފަދަ ހާދިސާތަކުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް