ޕީޖީ ހުސެން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަމީނަށް ދައުވާކުރީ ގާނޫނާ އެއްގޮތަށް، އިސްތިއުނާފު ކުރާނަން: ޕީޖީ

ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރު ކަމަށް ތުހުމަތުކުރާ އަމީން ދޫވީ މުއްދަތު ހަމަވި ފަހުން ދައުވާ ކުރުމުން
16 ސެޕްޓެމްބަރު 2021
1

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީންގެ މައްސަލައިގައި ދައުލަތުން ގޯސްހަދާފައި ނުވާނެ ކަމަށާއި ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ވަނީ މިއަދު ބާތިލުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ހައިކޯޓުގެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައިކޯޓުން އެ ނިންމުމަށް ވާސިލުވުމަށް، ސުޕްރީމް ކޯޓުގެ ހުކުމެއް މާނަކޮށްފައި ވަނީ ރަނގަޅަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ހައިކޯޓުގެ މި ނިންމެވުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާނަމެވެ. މި މައްސަލައިގައި [ދައުލަތުން] ކަންކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށެވެ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ތަފްސީލް - ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރަން ނިންމީ:

  • ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ

  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1 އިން 28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީ

  • އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލިދާތީ

އެނގުން މުހިންމު - އެމެރިކާއިން އެކުލަވާލި ޓެރަރިސްޓުގެ ލިސްޓުގައިވެސް ހިމެނޭ އަމީން ހައްޔަރުކުރީ މީގެ 2 އަހަރު ކުރިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ:

  • ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ

ދައުވާ އުފުލީ ކީއްވެ؟ - ދައުލަތުން ބުނާ ގޮތުން:

  • ރާއްޖޭގެ އައިއެސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުންތައް ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރި 

  • ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ވެސް އޭނާ ބައިވެރިވޭ

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އަމީން

17 ސެޕްޓެމްބަރު 2021
އަހާލަބަލަ މުއްދަތު ހަމަވަންދެން މަޑުކުރީ ކީއްވެތޯ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް