މެި 6 ހަމަލާގެ ތުހުމަތުގައި ދައުވާ އުފުލާފައި އިސްހާގު ކޯޓުން ނެރެގެން ގެންދަނީ: އޭނާގެ ޝަރީއަތް ސިއްރުކޮށްދޭން އެދުނު، 21 ސެޕްޓެމްބަރު 2021 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޭ 6ގެ ހަމަލާ

މީޑިއާ ގޯސްކޮށް، އިސްހާގުގެ ޝަރީއަތް ސިއްރުކޮށްދޭން އެދިއްޖެ

އިސްހާގުގެ ޝަރީއަތް ސިއްރުކޮށްދޭން އެދުނީ، ބޮން ގޮއްވި އަދުހަމްގެ ޝަރީއަތް މިއަދު ސިއްރުކުރުމާ ގުޅިގެން
21 ސެޕްޓެމްބަރު 2021
1

މެއި 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ދައުވާ އުފުލާފައިވާ މ. ކުދެހިގޭ، އިސްހާގުގެ ޝަރީއަތް ސިއްރުކޮށްދިނުމަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުން އެދިގެން، އެ މައްސަލައިގައި ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވަނީ ސިއްރުކޮށްފަ އެވެ. އަދުހަމްގެ އަޑުއެހުން ސިއްރުކުރީ، އޭނާއާ ދައުލަތާ ދެމެދު ހަދާފައިވާ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް އޭނާ މިއަދު ކޯޓުގައި ދައުވާތަކަށް އިއުތިރާފުވުމުންނެވެ. އަޑުއެހުން ސިއްރުކުރަން ދައުލަތުން އެދުނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިމެނޭ ކަމަށް ބުނެ އެވެ.

އަދުހަމްގެ އަޑުއެހުމަށް ފަހު، އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަނެއް ހަ މީހުންގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

ދައުވާކޮށްފައިވާ މީހުން:

1. އަދުހަމް އަހުމަދު ރަޝީދު

2. މުޖާޒް އަހްމަދު 

3. ތަހުމީން އަހްމަދު

4. އަލީ ހައިޝަމް

5. ފަހުމީ އަލީ

6. މުހައްމަދު ނާޒިމް

7. އިސްހާގު

އިސްހާގުގެ ހުށަހެޅުން - މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އިސްހާގުގެ ފަރާތުން ވަކީލަކުވެސް ހާޒިރުވެވަޑައިގެން އިންނެވި އެވެ. ދިފާއީ ވަކީލު އަހްމަދު ޔާމީން މިއަދުގެ އަޑުއެހުން ފެށުމާއެކު އެދިވަޑައިގަތީ އިސްހާގުގެ ޝަރީއަތް ސިއްރުކޮށްދިނުމަށެވެ.

ދިފާއީ ވަކީލްގެ ބަސް - ވަކީލް ވިދާޅުވީ، ބައެއް މީޑިއާއިން މައްސަލަ ރިޕޯޓު ކުރުމުގައި އަމަލުކުރަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށާއި، މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދާނަމަ ޝަރީއަތަށް ނޭދެވޭ ނުފޫޒު ފޯރާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޝަރީއަތް ސިއްރުކުރުމުން ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.  

ވަކީލު އެގޮތަށް އެދިވަޑައިގެން ނަމަވެސް، ބެންޗުން ބަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ބެންޗުން ނިންމީ އިތުރަށް މަޝްވަރާ ކުރުމަށްފަހު އެކަމުގައި ގޮތެއް ނިންމުމަށެވެ.

ޝަރީއަތް ނިމެންދެން ބަންދު ނުކުރި

ދައުލަތުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ އިސްހާގު އާއި ފަހުމީ އަލީ އަދި މުހައްމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އިސްހާގުގެ ބަންދާ ގުޅޭ ނިންމުމެއް އިސްތިއުނާފު މަރުހަލާގައި އޮތުމުންނާއި، ލިޔުންތައް ދިރާސާކުރަން ބޭނުންކަމަށް ދިފާއީ ވަކީލު ވިދާޅުވުމުން، ބެންޗުން ނިންމީ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރެއް ނުދިނުމަށެވެ.

އެއީ, އިސްހާގުގެ ފަރާތުން ކުރިން ބަންދާމެދު ނިންމާފައި އޮތް ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ބޭނުންވާ ކަމާއި, އެ މައްސަލާގައި ނިމޭ ގޮތަކުން އިތުރަށް އެކަމުގައި ވާހަކަ ދައްކަން ބޭނުންވާތީ އެވެ. އަދި, މައްސަލާގެ ލިޔުންތައް ދިރާސާކުރުމަށް ވެސް ވަގުތު ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.

ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުކުރަން ބެންޗުން ނުނިންމީ އެ މީހުން ވަކީލަކާއެކު ކުރިއަށް ދާން ބޭނުންވާކަމަށް ބުނުމުން، އެ ފުރުސަތު ދިނުމަށެވެ.

ބެންޗުގެ ނިންމުން - އެ މައްސަލައިގައި ތިން ގާޒީން މަޝްވަރާކުރެއްވުމަށްފަހު ތިން މީހުންގެ މައްޗަށް ވެސް ނެރުނީ 30 ދުވަހުގެ ބަންދު އަމުރެކެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އަންދާ ގާނޫން

21 ސެޕްޓެމްބަރު 2021
ޓެރަރިސްޓުން ނަށް އޮންނަން ޖެހެނީ ވަކި ގާނޫން ތަކެށް. ނުޖެހޭ ސިއްރު ކުރާކަށް. ތިކަން ކަމުގަ ވާނުވާ އެންމެނަށް އިނގެން ޖެހޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް