ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސިވިލް ކޯޓު

އެމްއައިބީން ކޯޓަށް ދިޔުުމުން ނިހާން 4 މިލިއަން ރުފިޔާގެ ދަރަނި ދައްކައިިފި

އެމްއައިބީން އެދުނީ، އެއްފަހަރާ ފައިސާ ނުދެއްކޭ ނަމަ، ރަހުނުކޮށްފައިވާ ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދައަށް
24 ޖެނުއަރީ 2023
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން، ރައްޔިތުުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކާއި އޭނާގެ ބޭބެ އިނާން ހުސެއިންމަނިކާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ދަރަނި ދައްކާ ހަލާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއައިބީން ނިހާނުގެ ދެބެއިންނަށް ދޫކުރީ، 4 މިލިއަން ރުފިޔާގެ 'ޑިިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން' ފެސިލިޓީއެކެވެ. މި ފެސިލިޓީގައި އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓުގައި އެދުނީ:

  • ފެސިލިޓީގެ ފައިސާ އާއި މަހުންމަހަށް އަރަމުންދާ 'މަންތުލީ ރެންޓަލް' އަދި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ ނަގައިދޭން

  • އެ ފައިސާ އެއްފަހަރާ ނުދެއްކޭ ނަމަ، ފެސިލިޓީގެ ދަށުން ރަހުނު ކޮށްފައިވާ ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓު  ވިއްކާލުމުގެ ހުއްދަ ދޭން

ތަފްސީލް - ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ފެސިލިޓީގެ ދަށުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމުން އެމްއައިބީން ވަނީ މައްސަލަ އަނބުރާ ގެންދަން ކޯޓަށް ސިޓީ ހުށަހަޅާފަ އެވެ. އެއީ އެމްއައިބީން މައްސަލަ ހުށަހެޅިތާ ދޮޅު މަހެއްހާ ދުވަސް ފަހުން، މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. 

އެގޮތުން ކޯޓަށް ފޮނުވި ސިޓީގައި އެމްއައިބީން ބުނީ ނިހާނާއި އިނާންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއާ ގުޅިގެން، އެ ބޭންކުން ހޯދަން އެދިފައިވާ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އެހެންވެ ކޯޓުން ވަނީ، އެ ދެ މީހުންގެ ރުހުން ހޯދުމަށް ފަހު، އެ މައްސަލަ ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފަ އެވެ.

ޕްލެޓިނަމް އެޕާޓްމަންޓުތައް (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ނިހާންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ އޭނާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތުން 150،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ތުހުމަތުގަ އެވެ. ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ނިހާން ވަނީ އެ ފައިސާ ބޭނުންކޮށްގެން ޕްލެޓިނަމް އެޕާޓްމަންޓެއް ގަންނަން ފައިސާ ދައްކާފަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ނުގޮސް ވަނީ މަޑުޖެހިފަ އެވެ. ސަބަބަކީ ނިހާނު ހުށަހެޅި ބައެއް ހެކިން ބަލައިނުގަންނަން އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކޮށްފައި އޮތުމެވެ. އިސްތިއުނާފީ ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

24 ޖެނުއަރީ 2023
އިސްލާމިކް ބޭންކްގައި އިންޓެރެސްޓެއް ނާރާ ޗެރިޓިއަށް ދޭ އެއްޗެއް ނަގަނީ ފައިސާ ނުދައްކައި ފިއްޔާ! 2 މިލިއަން ރުފިޔާގެ ލޯނެއް ނެގީމާ 1.1 މިލިއަން ރުފިޔާ ބެންކަށް ދައްކަންޖެހޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް