ގދ. ގައި އޮންނަ އަމާރީ ހަވޮއްޑާ މޯލްޑިވްސް: އެ ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު މިއަދު ވަނީ މަރުވެފައި

ގދ. އަމާރީ ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

ރާއްޖޭގައި ސްނޯކްލް ކުރުމުގެ ތެރޭގައި މަރުވާ ޓޫރިސްޓުން ގިނަ
14 ނޮވެމްބަރު 2021

ގދ. އަތޮޅުގައި އޮންނަ އަމާރީ ހަވޮއްޑާ ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި، މިއަދު ހަވީރު 5:30 ހާއިރު، އުމުރުން 35 އަހަރުގެ ފިރިހެން މީހާ އެ ތަނަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ގެނބިގެންނެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވެފައިވަނީ އިނގިރޭސިވިލާތުގެ ޓޫރިސްޓެކެވެ.

އެނގުން މުހިއްމު - ރާއްޖެއަށް އަންނަ ޓޫރިސްޓުން މޫދަށް ގޮސް އުޅުމުގެ ތެރޭގައި މަރުވުމުގެ ހާދިސާތައް ގިނަ އެވެ. އޭގެ ތެރެއިން ސްނޯކްލް ކުރުމުގެ ތެރޭގައި މަރުވުމަކީ އާއްމު ކަމެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް