މުދިމަށް ހަމަލާ ދިން މީހާ ވަޅީގައި ހުރި ލޭ ސާފުކުރަނީ، މުދިމަށް އިތުރު ފަރުވާދިިނުމަށް މިހާރު ވަނީ މާލެ ގެނެސްފައި

ފުލުހުން

ވާހަކަދައްކަން ހުރެފައި ކުއްލިއަކަށް ހަރަން ފެށީ ވަޅި

އެމީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި

ސީސީޓީވީ ފުޓޭޖުން ފެންނަނީ މިއަދު ހެނދުނު 10 ޖަހަނިކޮށް، ރަށެއްގެ މަގެއްގެ މަތީގައި ދެ ފިރިހެނުން ވާހަކަދައްކަން ތިއްބަ އެވެ. އެކަކު އިނީ ބައިސްކަލެއްގަ އެވެ. ދެވަނަ މީހާ ހުރީ ބައިސްކަލު ކައިރީ މަޑުކޮށްލައިގެން ވާހަކަދައްކާށެވެ.

ވާހަކަދައްކަން ތިބެފައި ކުއްލިއަކަށް ފެނުނީ ބައިސްކަލު ކައިރީ މަޑުކޮށްގެން ހުރި ފިރިހެން މީހާ ވަޅިއެއް ނަގައި، ބައިސްކަލުގައި އިން މީހާގެ ގަޔަށް ހަރަން ފެށި ތަނެވެ. ވަޅި ހަރަން ފެށުމާ އެކު، ބައިސްކަލުގައި އިން މީހާ ފާރު ކައިރިއަށް ވެއްޓެ އެވެ.

ފަސް ވަރަކަށް ފަހަރު ވަޅި ހެރުމަށް ފަހު، ފިޔާތޮށި ކުލައިގެ އަތް ދިގު ޖޯޒީ ލައިގެން ހުރި މީހާ މަޑު ދުވުމެއްގައި ދުރަށް ދެ އެވެ. ނަމަވެސް ފާރު ބުޑުގައި ވެއްޓިފައި އޮތް މީހާ ހަރަކާތް ކޮށްލާ މަންޒަރު ފެނުމާ އެކު ދެވަނަ ފަހަރަށް ގޮސް އަނެއްކާ ވަޅި ހަރަން ފަށަ އެވެ.

ފަސް ވަރަކަށް ފަހަރު ވަޅި ހެރުމަށް ފަހު، ފިރިހެން މީހާގެ ބޮލުގައި އޮތް ތާކިހަލެއް ފާޑު އެއްޗެއް ނަގާ ފާރު ބުޑަށް އެއްލާލައި އެތަނުން ދުރަށް ދެ އެވެ. މަޑު ހިނގުމެއްގައި ދަމުން ފާރުބުޑުގައި ޒަހަމްތަކާ އެކު އޮތް މީހާއަށް ބަލައިލަ އެވެ.

އެއަށް ފަހު ވަރަށް ހަމަޖެހިލާފައި ހުރެ ގެއެއްގެ ފާރު ބޭރުގައި އެއްޗެހިތަކެއް އަޅާފައި ހުރި ބޮޑު ގޯންޏެއްގައި ވަޅި ހާކާލައި، ލޭތައް ފޮހެލަ އެވެ. ދެން ކެމެރާ ހުރި ހިސާބުން ދުރަށް ދެ އެވެ.

ވަޅިން ހަމަލާ ދީ ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ، (ފޮޓޯ/އެމްއެންޑީއެފް)

ވީ ކިހިނެއް؟ - މިއީ މިއަދު  ތ. ދިޔަމިގިލީގައި އެ ރަށު މިސްކިތުގެ މުދިމްކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި އަހުމަދު ރަޝީދު މުހައްމަދަށް ހަމަލާދިން މަންޒަރެވެ. ގެއެއްގެ ބޭރުގައި ހަރުކޮށްފައި ހުރި ކެމެރާއަކުން އެ ހަމަލާ ވަނީ ވަރަށް ސާފުކޮށް ރެކޯޑު ކުރެވިފަ އެވެ. އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެނގުން މުހިންމު - 'ދައުރު' އަށް އެނގިފައިވާ ގޮތުގައި މުދިމަށް ހަމަލާދީފައި ވަނީ އޭނާގެ ވަރަށް ގާތް ރައްޓެއްސެކެވެ. ނަމަވެސް އެ ދެ މީހުންގެ ދޭތެރޭގައި ޖެހުނު މައްސަލައެއް ސާފެއް ނުވެ އެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުން ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - އެ ހަމަލާގައި މުދިމަށް ވަރަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. ރަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • އޭނާގެ ކަރަށް ވަރަށް ފުންކޮށް ވަޅި ހަރާފައިވޭ 

  • ބުރަށަށީގެ ހަތަރު ތަނަކަށް ހަމަލާދީ، ޒަހަމްކޮށްލާފައި ހުރި ކަމަށް

އޭނާގެ ހާލަތު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް މިރޭ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

ކޮމެންޓް (3)

މުޖުތާޒު

14 މާރިޗު 2022
ތިކަހަލަމީހުން މުޖުތަމައަށް ދުކޮއްފަބެހެއްޓުމަކީ އެހެން މީހުންނަށް ހުރިނުރައްކަލެއް ދެންފުލުހުން ބުނާނީ އެމީހާއަކީ ސިކުޑީގެ މަސްއަލައެށްހުންނަ މީހެއްކަމައް
4 0

އަހުމަދު ނިޒާމް

14 މާރިޗު 2022
މިކަން ކަމަކީ މިހާރު ދިވެހިރާއްޖޭގާ އާއްމުކޮށްހިގާކަންތައް އޭގެ އިތުރަށް މީގެކުރީގާ މިސްކިތްތަކަށް ސޯލާ ކުޅުޖަހަނުން ދިޔައީ މިފަހަރު މުދިން މީހާ މުދިންކަން ކުރާތީ ވަޅިހަރާލީ އެތައް ތަނަކަށް ވަޅިހަރާލީ އެހެންވީމާ މިހިގާކަންކަމައްބަލާއިރު މީވަރަށް ބޮޑަށް ރޭވިގެން ހިންގާ ކަންތައް ކަމަށް ބެލޭނޭ ޖާގައެބައޮ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހަގީގަތުގާ އަޅުގަޑު ވިސްނާލީމަ އެނގިގެން މިދިޔައީ ދިވެހި ރާއްޖޭގާ މިންވަރުގެ ޖަރީމާތައް މާރޯދުވާލު ހިންގާއިރު މިކަން ކުރާމީހުންނަށް އިސްލާމީ ޝަރީއަތް ތަންފީޒުކޮށް ހެކިލިބިފާ ނުވާކަމަށް ބުނެ ދޫކޮށްލާތަން ފެފެއްނަނީ
3 0

ލެންސް

14 މާރިޗު 2022
މިކަހަލަ އަނިޔާވެރިންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަދަބުތައް ނުދެވޭނަމަ، ދުވަހެއް ދުވަހަކަށް މިޤައުމުގެ ޙާލަތު ދާނީ ގޯސްވަމުން. ކުށްކުރާ މީހާގެ ބުރަކަށީގައި ފިރުމައި އާދޭސް ކޮށްގެން ކޮންމެ ކޮންމެ ކަމެއް ނުހުއްޓުވޭނެ
14 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް