ހ. ޝީރީން ވިލާގޭގައި އަންހެނަކު މަރާލި މައްސަލައިގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޝިއާއުގެ މަރު

ޝިއާއު މަރުވީ ދިން އަނިޔާތަކުން: އޮޓޮޕްސީ ރިޕޯޓް

އޮޓޮޕްސީ ރިޕޯޓުން އެނގޭ ގޮތުގައި ޝިއާއު މަރުވެފައި ވަނީ އޯވާޑޯޒް ވެގެން ކަމަކަށް ނުބެލެވޭ

މާލޭގެ ގެއެއްގެ ތެރޭގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ މިދިޔަ މަހު ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުވެފައި ވަނީ، އޭނާއަށް ދީފައިވާ އަނިޔާތަކުންކަން، އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ރިޕޯޓުން ދައްކައިފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

މައްސަލައިގެ ފެށުން - 

  • ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 6ގެ ރޭ 

  • އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި 

  • ޝިއާއު އޭނާގެ އުފަން ރަށް، ފުވައްމުލަކުގައި ވަޅުލާފައި ވަނީ، މަރުގެ ސަބަބު ހޯދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ފަހު

ބުނީ ކީކޭ؟ - ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ މިދިޔަ މަހުގެ 17 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހަޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

"އަދި ފޮރެންސިކް ތަހުލީލުތަައް ދަނީ ކުރެވުމުން ކަމުގައި ދަންނަވަން،" އިތުރު ތަފްސީލެއް ނުދީ، އެ މެސެޖުގައި ބުނެފައިވެ އެވެ.

ތަފްސީލް - މި މަރަށް މަހެއްހާ ދުވަސްވީއިރު އަދި މިހާތަނަށް ފުލުހުންގެ ފަރާތުން މާ ބޮޑު ތަފްސީލެއް ހިއްސާ ނުކުރެ އެވެ. ނަމަވެސް، އިތުރުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރު ވެފައިވާ ގޮތުގައި، އޮޓޮޕްސީ ރިޕޯޓުން ދެއްކީ:

  • ޝިއާއު މަރުވެފައިވަނީ އޭނާއަށް ދިން އަނިޔާތަކުގެ ސަބަބުން

  • އޭނާގެ ގުވަންތަކަށް ގެއްލުން ދީފައިވަނީ މަރުވި ފަހުން

  • ޝިއާއު މަރުވެފައި ވަނީ އޯވާޑޯޒް ވެގެން ކަމަކަށް ނުބެލެވޭ

އެނގުން މުހިންމު - ޝިއާއު މަރާލި ކަމަށް ތުހުމަތުކޮށް ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ، އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި ދިރިއުޅޭ އަލީ ޝާހިލް، 23، އެވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ތަހުގީގުގެ ފުރަތަމަ ކޮޅު ޝާހިލް ފުލުހުންނަށް އެއްބާރުލުން ދީފައި ނުވި ނަމަވެސް، ފަހުން އޭނާ ވަނީ ތަހުގީގަށް ވާހަކަދައްކާފަ އެވެ. ނަމަވެސް މިހާނަށް އައި އިރު، އޭނާ އެ ކުށަށް އިއުތިރާފުވި ކަމެއް ޔަގީނެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް