37 އަހަރަށްފަހު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުން (ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފް

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގަތީ 1984 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކޯސްޓުގާޑުގައި

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި އެވެ.

ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިންގޭގައި 37 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

ތަފްސީލް - ޒަކަރިއްޔާ މަންސޫރު، ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމާ ގުޅިގެން ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ސިޓީ އާއި މެޑަލް ބޯޑު، ޒަކަރިއްޔާ މަންސޫރާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުން (ފޮޓޯ/އެމްއެންޑީއެފް)
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ކޯސްޓުގާޑުގައި
  • ޗީފް އޮފް ޑިފެންސް ފޯސްގެ ސިޓީ އާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް 

  • ޒަކަރިއްޔާ މަންޞޫރުގެ ރިޓަޔަމެންޓްގެ ރަމްޒީ ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް

37 އަހަރަށް ފަހު ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުން (ފޮޓޯ/އެމްއެންޑީއެފް)

ސިފައިންގޭގައި ޒަކަރިޔާ މަންސޫރުގެ ހިދުމަތް

  •  ސިފައިންގެ ހިދުމަތާ ގުޅިވަޑައިަގތީ 1984 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު

  • ސިފައިންގެ އެކި ދާއިރާތަކުގައި އިސް މަގާމުތައް އަދާކުރެއްވި 

  • އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ކޯސްޓުގާޑުގައި

  • ކޯސްޓުގާޑުގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމާއި ޑެޕިޔުޓީ ޑެރެކްޓާ ޖެނެރަލްކަން އަދި ކޮމަޑާންޓްގެ މަގާމު ފުރުއްވި

  • އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމު ފުރުއްވި

  • ސިފައިންގެ އެކުވެރި ކުންފުންޏާއި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމެންޓު ކޮމެޓީގެ ޗެއާމަންކަން ކުރެއްވި

  • ޓްރެއިނިން އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަން ކުރެއްވި

  • ކައްދޫ އެއާޕޯޓު ކޮމްޕެނީގެ އެމްޑީކަން

  • އެމްއެންޑީއެފްގެ ޗީފް ސްޕޯކްސްޕާސަންކަން

  • ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު

  • ސިފައިންގެ ހިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ލިބިލައްވާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް