މުސްއަބް އަބްދުﷲ. (ފޮޓޯ/މިހާރު)

ކޯޓުން އަމުރުކުރި ގޮތަށް ފައިސާ ނުދީގެން މުއްސަބު އަނެއްކާވެސް ކޯޓަށް

ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 12ގެ ކުރިން ފައިސާ ޖަމާކުރަން އަމުރުކޮށްފައި
30 ނޮވެމްބަރު 2022
1

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުاللهއަށް 1.1 މިލިއަން ރުފިޔާ ތިން ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރަން ސިވިލް ކޯޓުން ކުރި އަމުރާ އެއްގޮތަށް ފައިސާ ނުދިން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 25 ޖުލައި 2017ގައި އައްޔަން ކުރި މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ މެއި 2019ގަ އެވެ. އެ މައްސަލަތައް ބެލުމަށް ފަހު އޭނާ މަގާމުން ވަކިކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެގޮތުން:

  • އޭނާ މަގާމުން ވަކި ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާ މަގާމުން ވަކި ކުރަން ނިންމީ ރަނގަޅަށް ކަމަށް

  • ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިދިޔަ މަހުގެ 28ގައި ހުކުމް ކުރީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް؛ ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހުކުމް ކުރި

  • ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރީއަކުން އެ މައްސަލަ އަދި ނުފެނޭ

ވީ ކިހިނެއް؟ - ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ނުދީގެން، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މުސްއަބު ސިވިލް ކޯޓަށް މައްސަލައެއް ވެއްދުމުން، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ޖަމާކޮށްދޭން ހުކުމްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެވެ. 

ސިވިލް ކޯޓުން އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 12ގެ އެ ފައިސާ ސިވިލް ކޯޓަށް ދައްކާށެވެ. ނަމަވެސް، މިއަދާ ހަމައަށް އެ ފައިސާ ދައްކާފައި ނުވާތީ، ސީއެސްސީން ކޯޓު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ބުނާ މައްސަލައެއް މުސްއަބުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ސީއެސްސީގެ ބަސް - ކޯޓު އަމުރާ އެއްގޮތަށް މުސްއަބަށް ދޭން ޖެހޭ ފައިސާ ސިވިލް ކޯޓަށް ޖަމާކޮށްދީފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު 'ދައުރު'އަށް ވިދާޅުވީ، ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.

"ލީގަލް މަރުހަލާތައް ކުރިިއަށް ދާތީ [ފައިސާ ޖަމާނުކުރީ]. އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

މި އަމުރުގެ އިތުރުން، ސީއެސްސީން ދަނީ މުސްއަބަށް ބަދަލު ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިސްތިއުނާފު ކުރަން ފޮނުވައިފިންތޯ ސުވާލުކުރުމުން ނާސިހު ވިދާޅުވީ ގާނޫނީ މަރުހަލާތައް ނިމުމުން އެކަން ކުރާނެ ކަމަށެވެ.

އެނގުން މުހިންމު - މުސްއަބު ވަޒީފާއިން ވަކިކުރީ ސިއްރު ލިޔުންތަކެއް ޓްވިޓާގައި ހިއްސާ ކުރި މައްސަލައެއްގަ އެވެ. އެ ސިޓީއަކީ އެހެން މީހަކާ ގުޅިގެން މިނިސްޓްރީގެ ފައިސާތަކަށް ހިޔާނާތްތެރިވީ ކަމަށް ބުނާ މައްސަލައެއް އޭސީސީން ތަހުގީގުކުރުމަށް ފަހު ފޮނުވި ސިޓީއެކެވެ.

މި މައްސަލައިގައި މުސްއަބު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައެޅި ނަމަވެސް، ޕާމަނަންޓް ސެކެޓްރީގެ މަގާމު އަލުން ނުދެވޭނެތީ އެ ކޯޓުން ނިންމީ އޭނާއަށް ބަދަލު ދޭށެވެ. ހައިކޯޓުން ހުކުމް ކުރީ:

  • ވަޒީފާއަށް ނުކުތުން މަނާކޮށް ސަސްޕެންޑު ކުރި މުއްދަތަށް 86،333ރ.

  • ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުުން ހަމަވާ ތާރީހާ ހަމައަށް ލިބެން ޖެހޭ 1.1 މިލިއަން ރުފިޔާ

  • މި ފައިސާ ދައްކަން ދިނީ ބަންދު ނޫން 14 ދުވަސް، އެ މުއްދަތު ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަމަވެއްޖެ

ކޮމެންޓް (1)

މުޙައްމަދު

30 ނޮވެމްބަރު 2022
ކީއްވެ ބާ ނުދޭން މި އުޅެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް