ދިޔަވެ އަޑިއަށްދާ ކަމަށް ރިޕޯޓު ކުރި ދޯނި. (ފޮޓޯ/އެމްއެންޑީއެފް)

ދޯންޏެއް އަޑިއަށް ގޮސް 3 މީހުން ގެއްލިއްޖެ

ދޯނި ދިޔަވެ، އަޑިއަށްދާ ކަމަށް ރިޕޯޓުކުރީ ވ. ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން
4 ޖެނުއަރީ 2022

ފ. ފީއަލި ކައިރިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ރޭ އަޑިއަށް ދިއުމާ ގުޅިގެން، އޭގައި ތިބި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ގެއްލިގެން ހޯދަމުން އަންނަނީ 'އަލަމާ-5' ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ ރޭ 11:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ތަފްސީލް - އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމަށް ރިޕޯޓުކުރީ:

  • ވ. ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން

  • އޭރު އެ ދޯނި ދަތުރުކުރަމުން ދިޔައީ ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް

ހާދިސާ ހިނގި ކަމަށް ލަފާކުރާ ސަރަހައްދު.

ބުނީ ކީކޭ؟ - ހާދިސާ ހިނގި އިރު ދޯނީގައި ތިން މީހަކު ތިބި ކަމަށާއި އެ އުޅަނދާއި މީހުން ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް