ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބަޔަކު މުޒާހަރާ ކުރަނީ (ދައުރު ފޮޓޯ/ މާޝާ ނައީމް)

ޖިންސީ ގޯނާ

ގަލޮޅު ސްކޫލުގެ ދަރިވަރަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ މީހާ ދޫކޮށްލައިފި

އަންހެން މީހާ ދޫކޮށްލީ، ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާ ދިނުމުން

ގަލޮޅު ސްކޫލުގެ ޕްރީ ސްކޫލު ދަރިވަރަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ، ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. 

މައްސަލައިގެ ފެށުން - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. 

ވީ ކިހިނެއް؟ - މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ އަންހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ، ސްކޫލުގެ މަސައްކަތު މީހާ އެވެ. އެކަމަކު ފުލުހުން މިއަދު ބުނީ، އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާ ދިނުމުން، އަންހެން މީހާ މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. 

"އެކަމަކު މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ ގުރޫޕުގައި ފޮނުވި މެސެޖެއްގައި ބުނެފައި ވެ އެވެ.

ގުޅުން ހުރި ކަމެއް - އެ މައްސަލައާ ގުޅިގެން ސްކޫލުގެ ޓިޗަރުގެ އިހުމާލު އޮތް ކަމަށް އެެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ. އަދި އެކަމުގައި އެ ޓީޗަރަށް އިންޒާރު ދިނުމަށް ވެސް ސްކޫލަށް ވަނީ އަންގާފަ އެވެ. އެކަމާ ގުޅިގެން ސްކޫލުން ވަނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ އާއި ޓީޗަރާ އެކު އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުން ސަސްޕެންޑްކޮށް، ސްކޫލުގެ 18 ތަނެއްގައި ކެމެރާ ހަރުކޮށްފަ އެވެ.

ކޮމެންޓް (2)

ލާމި×

3 ނޮވެމްބަރު 2021
ގަލޮޅު ސުކޫލުން ތިޔަ އެޅި ފިޔަވަޅުތައް ވަރަށް ވެސް ރަނގަޅު. 😌🤗
0 1

ބުޅާ

3 ނޮވެމްބަރު 2021
ހަމައެއް ލަމައެއް އޮތް ތަނެއް ނޫން ވިއްޔަ މީކީ.. ދޫކޮއްލާނު އެހެން ވީމަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް