ޝީއިންގެ އިޝްތިހާރެއް. (ފޮޓޯ/ގެޓީ އިމޭޖަސް)

ޝީއިން

އެމެރިކާގެ ޓެރިފާ ހެދި ޝީއިންއަށް ބޮޑު މާލީ ގެއްލުމެއް

މީގެ އިތުރުން، އީރާނުގެ ހަނގުރާމައިގެ ސަބަބުން ބައެއް މާކެޓުތަކުގައި ތަކެއްޗަށް އޮތް ޑިމާންޑް ދަށްވެ، ހަރަދުތައް ބޮޑުވެ އަދި ތަކެތި ފޮނުވުން ލަސްވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނި
53 މިނިޓު ކުރިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުދި އަގުހުރި މުދާ އެތެރެކުރުމަށް ދީފައިވާ ޓެކްސް އިސްތިސްނާ އުވާލެއްވުމާ ގުޅިގެން، އެމެރިކާގެ މާކެޓުގައި ވިޔަފާރި މަޑުޖެހި ފާސްޓް-ފެޝަން ކުންފުނި ޝީއިންއަށް ފުރަތަމަ ކުއާޓަރުގައި 99 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޗައިނާގައި ފެށި އަދި މިހާރު ސިންގަޕޫރުގައި މައި އޮފީސް ގާއިމުކޮށްފައިވާ މި ކުންފުންޏަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 395 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު ނަމަވެސް، މި އަހަރު ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ.

"އެމެރިކާގެ އިސްތިސްނާ އުވާލުމުގެ ސަބަބުން އެމެރިކާގައި އަޅުގަނޑުމެން ކުރާ ވިޔަފާރިތަކާއި ޖުމްލަ އާމްދަނީގެ ކުރިއެރުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައި،" އެ ކުންފުނިން ބުންޏެވެ.

ޝީއިންއިން ބުނި ގޮތުގައި، ޑިއުޓީ އާއި ޓެކްސް ބޮޑުވުމުގެ ސަބަބުން އިތުރުވި ހަރަދުތަކުގެ ބައެއް ފޫބެއްދުމަށްޓަކައި އެމެރިކާގެ މާކެޓުގައި ތަކެތީގެ އަގު ބޮޑުކުރުމަށް ދަނީ ވިސްނަމުންނެވެ.

މީގެ އިތުރުން، އީރާނުގެ ހަނގުރާމައިގެ ސަބަބުން ބައެއް މާކެޓުތަކުގައި ތަކެއްޗަށް އޮތް ޑިމާންޑް ދަށްވެ، ހަރަދުތައް ބޮޑުވެ އަދި ތަކެތި ފޮނުވުން ލަސްވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މާލީ ނަތީޖާތައް އާންމުކޮށްފައިވަނީ ހޮންކޮންގުގެ ހިއްސާގެ ބާޒާރުގައި ޝީއިންގެ ހިއްސާ ވިއްކުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިންނެވެ. މިކަމަށް ބޭނުންވާ ރެގިއުލޭޓަރީ ހުއްދަ މި މަހުގެ ކުރީކޮޅު ޗައިނާއިން ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ވިޔަފާރީގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދިޔަ ނަމަވެސް، މިދިޔަ މާޗުގެ ނިޔަލަށް ހިނގި އަހަރު އެ ކުންފުނީގައި 281 މިލިއަން އެކްޓިވް ކަސްޓަމަރުން ތިއްބެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް