އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. (ފޮޓޯ/އޭޕީ)

އެމެރިކާގެ ހަތިޔާރު ހުހެއް ނުވޭ: ޓްރަމްޕް

މި ވާހަކަތައް އައިސްފައިވަނީ، ޖެހިޖެހިގެން ދެ ރޭ އެމެރިކާއިން އާ ހަމަލާތަކެއް ދީފައިނުވާތީ، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި
51 މިނިޓު ކުރިން

އީރާނާ ދެކޮޅަށް ދެ ހަފުތާއެއްހާ ދުވަސް ވަންދެން ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް ފަހު ހަމަލާތައް މެދުކަނޑާލާފައިވަނީ އެމެރިކާގެ މުހިންމު ހަތިޔާރުތައް ހުސްވާތީ ކަމަށް ފެތުރެމުންދާ ރިޕޯޓްތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދޮގުކުރައްވައިފި އެވެ.

"ދުނިޔޭގެ އެއްވެސް ގައުމަކަށް ވުރެ ގިނައިން އަޅުގަނޑުމެންގެ އަތުގައި ހަތިޔާރު އެބަހުރި އަދި އަޅުގަނޑުމެން ބޭނުންވާ ވަރަށްވުރެ މާ ގިނައިން އެބަހުރި،" އެމެރިކާގެ ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވަމުން، ދަ ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އެ ނޫހުން އޭގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެއާ ޑިފެންސް އިންޓަސެޕްޓަރުތައް މަދުވަމުންދާކަމުގެ މައުލޫމާތު ވައިޓް ހައުސްއަށް އަރުވާފަ އެވެ.

މި ވާހަކަތައް އައިސްފައިވަނީ، ޖެހިޖެހިގެން ދެ ރޭ އެމެރިކާއިން އާ ހަމަލާތަކެއް ދީފައިނުވާތީ، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އަސްކަރީ ރޭވުންތައް ތައްޔާރުކޮށްފައިވީ ނަމަވެސް އިތުރު ހަމަލާތަކެއް ނުދިނުމަށް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ.

މިއާ އެކު، ހަމަލާތައް މަޑުޖެހިލުމަކީ އަލުން ހާރިޖީ މަޝްވަރާތަކަށް ލިބުނު ފުރުސަތެއް ކަމަށް ބެލެވޭ ކަމަށް ވާހަކަދެކެވުނު ނަމަވެސް، މިއީ މަޝްވަރާތަކުގެ ފެށުން ކަމެއް ނުވަތަ ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމެއް ކަމެއް ސާފުނުވާ ކަމަށް އެނަލިސްޓުން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް