އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ޒުވާނުންގެ މުޒާހަރާތަކާ އެކު އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ "އަޅުގަނޑުމެން މިކަން ކާމިޔާބުކޮށްފިން" ކަމަށް އިއުލާނުކުރުމާ އެކު، ތާއީދުކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށް، ގައުމީ ޝިއާރުތައް ގޮވާފައި
56 މިނިޓު ކުރިން

އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި މުޅި ގައުމުގައި ޒުވާނުން ކުރިއަށްގެންދިޔަ ހަފުތާތަކެއްގެ މުޒާހަރާތަކަށް ފަހު، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިއީ ދަރިވަރުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.

"ޖަންތަރު މަންތަރާއި މުޅި ގައުމުގައި އުފެދިފައިވާ މަސްރަހަށް ބަލައި، ގައުމާ ދެކޮޅު ބާރުތަކުން މީގެ ނާޖާއިޒު ފައިދާ ނެގިޔަނުދިނުމަށްޓަކާ އަޅުގަނޑު ވާނީ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރަށް ފޮނުވާފައި،" އެކްސްގައި އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވަމުން ޕްރަދާން ވިދާޅުވި އެވެ.

"ގައުމުގެ ޒުވާނުންގެ އުންމީދުތަކާއި އިހުސާސްތަކާ އަދި ހައްގު އެދުންތަކަށް އަޅުގަނޑު ނުހަނު އިހުތިރާމް ކުރަން."

މި އިސްތިއުފާއާ އެކު ނިއުދިއްލީގެ މައި މުޒާހަރާ ސަރަހައްދުގައި ވަނީ އުފާ ފާޅުކުރުންތައް ފެށިފަ އެވެ. ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ "އަޅުގަނޑުމެން މިކަން ކާމިޔާބުކޮށްފިން" ކަމަށް އިއުލާނުކުރުމާ އެކު، ތާއީދުކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށް، ގައުމީ ޝިއާރުތައް ގޮވާފަ އެވެ.

މެޑިކަލް އެންޓްރެންސް އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން ޖޫން މަހު ފެށުނު މި މުޒާހަރާތަކަކީ، 2014ގައި ބޮޑުވަޒީރު ނަރެންދުރާ މޯދީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އޭނާގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވަޒީފާ ނެތުމުގެ މައްސަލަ އާއި ކޮރަޕްޝަން އަދި ސަރުކާރުގެ ޒިންމާދާރުކަމާ މެދު ހުރި ކަންބޮޑުވުންތައް ވެސް ފާހަގަކޮށްފަ އެވެ.

މުޒާހަރާތައް ދެމިއޮތުމާ އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ވެރިރަށުގެ ބައެއް ސަރަހައްދުތަކުގައި އިންޓަނެޓްގެ ހިދުމަތްތައް ހުއްޓުވައި މެޓްރޯ ސްޓޭޝަންތައް ބަންދުކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް