އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރާ މީހުންނަށް ފުލުހުންނަށް ހުރަސްއަޅަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ދިއްލީގެ މުޒާހަރާ ސަރަހައްދުން އިންޓަނެޓު ކަނޑާލައިފި

މިރޭ އިރުއޮއްސުނު ވަގުތު ގިނަ ސަރަހައްދުތަކަކުން މޮބައިލް ޑޭޓާގެ ހިދުމަތް ކެނޑިފައިވާއިރު، ވިޔަފާރިވެރިންނާއި ފިހާރަތަކާ އަދި ރެސްޓޯރަންޓްތަކުން ބުނެފައިވަނީ އިންޓަނެޓް ކެނޑުމުގެ ސަބަބުން ޑިޖިޓަލްކޮށް ފައިސާ ބަލައިގަތުމަށް ހުރަސްއެޅިފައިވާ ކަމަށް
56 މިނިޓު ކުރިން

އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި ޒުވާނުން އިސްވެ ކުރިއަށްގެންދާ މުޒާހަރާތައް ކުރިއަށްދާތީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކުން މޮބައިލް ޑޭޓާގެ ހިދުމަތް ކަނޑާލުމަށް އިންޑިއާ ސަރުކާރުން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އަންގައިފި އެވެ.

ރޮއިޓާސްއާ ވާހަކަދެއްކެވި އޮފިޝަލުން ވިދާޅުވި ގޮތުގައި، މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ވަނީ އެ އެންގުމަށް އަމަލުކޮށްފަ އެވެ. ރޮއިޓާސްގެ ނޫސްވެރިން ރިޕޯޓްކުރި ގޮތުގައި މިރޭ އިރުއޮއްސުނު ވަގުތު ގިނަ ސަރަހައްދުތަކަކުން މޮބައިލް ޑޭޓާގެ ހިދުމަތް ކެނޑިފައިވާއިރު، ވިޔަފާރިވެރިންނާއި ފިހާރަތަކާ އަދި ރެސްޓޯރަންޓްތަކުން ބުނެފައިވަނީ އިންޓަނެޓް ކެނޑުމުގެ ސަބަބުން ޑިޖިޓަލްކޮށް ފައިސާ ބަލައިގަތުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

މި ފިޔަވަޅާ ގުޅިގެން ސަރުކާރުގެ އަދި ޓެލެކޮމް ޑިޕާޓްމަންޓުގެ އޮފިޝަލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތައް ކަމަށްވާ ޖިއޯ، ބާރަތީ އެއާޓެލް އަދި ވޮޑަފޯން އައިޑިއާ އިން ވެސް މިއާ މެދު ކޮމެންޓެއް ކުރުމަށް އެދުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުގެ ނަމުން ނަންދީގެން ޒުވާނުން އިސްވެ ހިންގާ މި މުޒާހަރާތައް މިދިޔަ މަހުން ފެށިގެން ކުރިއަށްދާއިރު، މުޒާހަރާގެ ބައިވެރިން ދަނީ ގާތްގަނޑަކަށް ދެ މިލިއަން ދަރިވަރުންނަށް އަސަރުކުރި އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި މިނިސްޓަރު ޕްރަދާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް