ޕާކިސްތާނުގައި ފެންބޮޑުވެފައި. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ، ޕާކިސްތާން އަދި އަފްގާނިސްތާނުގައި ފެންބޮޑުވެ، 82 މީހުން މަރުވެއްޖެ

ގެދޮރަށާއި ދަނޑުބިމުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
1 ގަޑިއިރު ކުރިން

މި ހަފުތާގައި އިންޑިއާގެ އިރުއުތުރާއި ޕާކިސްތާން އަދި އަފްގާނިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 82 މީހުން މަރުވެއްޖެ އެވެ.

ގެދޮރަށާއި ދަނޑުބިމުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އިންޑިއާގެ އަސާމް ސްޓޭޓްގައި 36 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި 10 މީހުން ހިމެނެ އެވެ. އަދި 11 ޑިސްޓްރިކްޓަކުން 650،000އަށް ވުރެ ގިނަ މީހުންނަށް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ.

ކައިރީގައިވާ ނާގާލޭންޑަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު އުފުލި، ފެންބޮޑުވުމުގެ ސަބަބުން ސިލްސިލާ ގޮތެއްގައި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

އަފްގާނިސްތާނުގެ ނޫރިސްތާން ޕްރޮވިންސާއި ޕާކިސްތާނުގެ ހައިބަރު ޕަހްތޫންހްވާ ޕްރޮވިންސްގައި ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި މަދުވެގެން 46 މީހުން މަރުވެ، 100އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

"ފެންގަނޑުގެ އޮއި ބާރުކަމުން ގެތަކާއި ހޯޓާތައް ވަނީ ދަމައިގަނެގެން ގެންގޮސްފައި. ހުރިހާ އެއްޗެއް ގެއްލި މުޅިން ހަލާކުވެއްޖެ. މިއީ މުޅި މި ސަރަހައްދު ފަނާވެގެންދިއުން،" ނޫރިސްތާންގައި ދިރިއުޅޭ މުޖީބު އުރު ރަހްމާން ރޮއިޓާސްއަށް ބުންޏެވެ.

ކާރިސާތަކާ ބެހޭ މާހިރުން ބުނާ ގޮތުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގައި އަފްގާނިސްތާނާއި ޕާކިސްތާނުގެ ހިއްސާ ކުޑަ ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތަކުގެ ތެރޭގައި އެ ދެ ގައުމު ހިމެނެ އެވެ. އަދި ނުރައްކާތެރި ފެންބޮޑުވުންތަކާއި ވާރޭ ނުވެހި ހަނަފަސްކަން ކުރިމަތިވުން ފަދަ މައްސަލަތަކާ އެ ގައުމުތަކުން ދަނީ ކުރިމަތިލަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް