އީރާނު ސިފައިން ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރިވަނީ. (ފޮޓޯ/ރޮއިޓާސް)

އީރާނުގެ ބްރިޖުތަކަށާއި އިންޖީނުގެތަކަށް ބޮން އަޅާނަން: ޓްރަމްޕް

އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން އިއާދަނުކުރެވޭނެ ކަމަށް
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދީފި ނަމަ، އެ ގައުމުގެ އާންމު ހިދުމަތްތަކާ ގުޅުންހުރި އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިންޒާރު ދެއްވައިފި އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދިޔަ ނިންމުމެކެވެ.

"ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދަކަށް އީރާނުން ހަމަލާއެއް ދޭ ކޮންމެ ފަހަރަކު އެމެރިކާއިން އީރާނުގެ އެއް ބްރިޖު ނުވަތަ އެއް އިންޖީނުގެއަށް ބޮން އަޅައި ހަލާކުކޮށްލާނެ،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

މި އިންޒާރަށް ރައްދު ދެމުން އީރާނުން ބުނީ، އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާއެއް ދީފި ނަމަ، އެމެރިކާގެ ސިފައިން ތިބި ގައުމުތަކަށް ރައްދު ހަމަލާ ދޭނެ ކަމަށެވެ.

"އަހަރެމެންގެ ފާލަންތަކަށާއި އިންޖީނުގެތަކަށް ހަމަލާދީފި ނަމަ، ކުޑަކުދިން މަރާ މީހުންނަށް އެހީތެރިވާ އަދި އެ މީހުންނަށް ފުރުސަތުދޭ ގައުމުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިގެންދާނެކަން ކަށަވަރު،" އައިއާރުޖީސީގެ ކޮމާންޑަރު މާޖިދު މޫސަވީ ވިދާޅުވި އެވެ.

މި އިންޒާރުތައް ބަދަލުކުރެވިފައިވަނީ 12 ދުވަހުގެ ކުރިމަތިލުންތަކަށް ފަހު، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ އެ ކަނޑުމަގު ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން އިއާދަނުކުރެވޭނެ ކަމަށެވެ.

"އަހަރެމެންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ނަމަ، އެއްވެސް އުމްރާނީ ވަސީލަތަކަށް ރައްކާތެރިކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އެގޮތުން، އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އެވްރެޖް އަގު މިހާރު ވަނީ ގެލަންއަކަށް 4 ޑޮލަރަށް ވުރެ މައްޗަށް ޖެހިލާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް