ޑީޕީ ވޯލްޑުގެ ސީއީއޯއަކަށް ހުންނެވި ސުލްތާން އަހްމަދު ބިން ސުލައިމް. (ފޮޓޯ/ރޮއިޓާސް)

އެޕްސްޓީންއާ ގުޅުންހުރި ސުލްތާން ވަޒީފާއިން ކަނޑާލަން މެލޭޝިއާގެ ޖަމިއްޔާތަކުން ގޮވާލައިފި

އެޕްސްޓީންއާ އެކު ބަދަލުކުރި އީމެއިލްތަކުގެ މައްސަލަ ފެންމަތިވެ، މި އަހަރުގެ ކުރީކޮޅު ޑީޕީ ވޯލްޑްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ސުލްތާން ހަމަޖައްސާފައިވަނީ މެލޭޝިއާގެ އެންމެ ބޮޑު ޕޯޓް އޮޕަރޭޓަރުގެ ވެރިޔަކަށް
1 ގަޑިއިރު ކުރިން

އެމްއެމްސީ ޕޯޓް ހޯލްޑިންސްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ސުލްތާން އަހްމަދު ބިން ސުލައިމް އައްޔަންކުރި ކުރުން ބާތިލުކުރުމަށް، މެލޭޝިއާގެ މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދަކުން އެ ކުންފުނިީގެ ވެރިޔާ، ބިލިއަނަރު ސައްޔިދު މުހްތާރު އަލް-ބުހާރީއަށް އިލްތިމާސްކޮށްފި އެވެ.

މިކަމަށް އެދިފައިވަނީ އަމިއްލައަށް މަރުވި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ އެކު އޭނާގެ ގުޅުންތަކެއް އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

އެ 31 ޖަމިއްޔާއިން ބުނި ގޮތުގައި، ސުލްތާން ވަނީ އެޕްސްޓީންގެ ފައިލްތައް އާންމުވުމާ ގުޅިގެން ވަރަށް ބޮޑަށް ބަދުނާމުވެފަ އެވެ. އަދި ދުބާއީގެ ޑީޕީ ވޯލްޑަށް އޭނާއަކީ ކޮންމެހެން ބޭނުންތެރި މީހެއް ކަމަށް ނުދެކޭއިރު، އެމްއެމްސީ ޕޯޓްސްއަށް އޭނާއަކީ ބޭނުންތެރި މީހެއްގެ ގޮތަށް ދެކެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ރޮއިޓާސްއިން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޕްސްޓީންއާ އެކު ބަދަލުކުރި އީމެއިލްތަކުގެ މައްސަލަ ފެންމަތިވެ، މި އަހަރުގެ ކުރީކޮޅު ޑީޕީ ވޯލްޑްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ސުލްތާން ހަމަޖައްސާފައިވަނީ މެލޭޝިއާގެ އެންމެ ބޮޑު ޕޯޓް އޮޕަރޭޓަރުގެ ވެރިޔަކަށެވެ.

އެ ނިންމުމުގެ ސަބަބުން އެމްއެމްސީ ޕޯޓްސްއަށް ޖިއޯޕޮލިޓިކަލް އަދި މާލީ ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާތަކުން ދީފައިވެ އެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް އިންވެސްޓަރުން ވަނީ ޑީޕީ ވޯލްޑްގައި މުޅިން އަލަށް ކުރަން ހުރި އިންވެސްޓްމަންޓްތައް މެދުކަނޑާލާފައިކަން ވެސް އެ ފަރާތްތަކުން ފާހަގަކުރި އެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ އަމިއްލަ ކުންފުނިތަކުގެ ހިންގުމުގެ ތެރެއަށް ސަރުކާރަށް ނުވަދެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ދައުރު އޮތީ ގައުމީ އުސޫލުން އިންތިހާއަށް މުހިންމު ވަސީލަތްތައް ހިންގާ ކުންފުނިތަކުގެ މިލްކުވެރިކަމުގެ އޮނިގަނޑު ރެގިއުލޭޓްކުރުމަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް