ނިއުޔޯކް ސިޓީގެ މޭޔަރު ޒޯރާން މަމްދާނީ. (ފޮޓޯ/ނިއުޔޯކް ޓައިމްސް)

އިޒްރޭލް

ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ނެތް، އެކަމަކު އެއީ ހަނގުރާމައިގެ ކުށްވެރިއެއް: މަމްދާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެމެރިކާގައި ހުންނަވަނިކޮށް ނަތަންޔާހޫ "އެއްވެސް ގޮތަކުން، ސިފައެއްގައި ހައްޔަރު ނުކުރެވޭނެ" ކަމަށް ވިދާޅުވެފައި
1 ގަޑިއިރު ކުރިން

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ އަމުރެއްގެ ދަށުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ނިއުޔޯކް ސިޓީއަށް ނެތް ކަމަށް، އެ ސިޓީގެ މޭޔަރު ޒޯރާން މަމްދާނީ ރޭ ވިދާޅުވެއްޖެ އެވެ.

މިއީ ކެމްޕޭން ތެރޭގައި އޭނާ ވަނީ ވެވަޑައިގެންނެވި ވައުދަކާ ހިލާފު ނިންމެވުމެކެވެ.

"އަޅުގަނޑުގެ ސަރުކާރުން ވަނީ ބެލެން ހުރި މަގުތައް ދިރާސާކޮށްފައި. މި އަމުރު ތަންފީޒުކުރުމުގެ އަމިއްލަ ގާނޫނީ ބާރެއް އަޅުގަނޑުމެންނަށް ނެތްކަން ވަނީ ސާފުވެފައި،" ވީޑިއޯ މެސެޖެއްގައި މަމްދާނީ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އޭނާ ވަނީ ނަތަންޔާހޫއަކީ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ސިފަކުރައްވައި، އެ އަމުރު ތަންފީޒުކުރުމަށް އެމެރިކާގެ މައި ސަރުކާރަށް އިލްތިމާސްކުރައްވާފަ އެވެ.

މި ވާހަކަތަކަށް އދ.އަށް އިޒްރޭލުން ކަނޑައަޅާފައި ހުންނަ ސަފީރު ދާނީ ދަނޯން ވަނީ ފާޑުވިދާޅުވެފަ އެވެ.  ނިއުޔޯކުގެ ރައްޔިތުން އެ ސިޓީއަށް މޭޔަރަކު އިންތިހާބުކުރީ އެ ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށާއި ހަމާސްގެ ޕްރޮޕެގަންޑާއަށް ހިދުމަތްކުރަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެމެރިކާގައި ހުންނަވަނިކޮށް ނަތަންޔާހޫ "އެއްވެސް ގޮތަކުން، ސިފައެއްގައި ހައްޔަރު ނުކުރެވޭނެ" ކަމަށް ވިދާޅުވެފަ އެވެ.

އައިސީސީން ނަތަންޔާހޫއާއި ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ 2024 ވަނަ އަހަރު، ފަލަސްތީނުގެ ގާޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެންނެވެ. އިޒްރޭލުން މި ތުހުމަތުތައް ދޮގުކޮށް، އެ ކޯޓުގެ އަމަލުތަކަކީ ބާތިލު އެއްޗެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް