ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާން، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ މިދިޔަ ސެޕްޓެމްބަރުގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ރޮއިޓާސްް)

ނުތަނަވަސްކަމަށް ފަހު ސައުދީ އާއި ޔޫއޭއީން ގުޅުން ބަދަހިކުރަނީ

ރިޔާދާއި އަބޫދާބީގެ ގުޅުމަށް ނުތަނަވަސްކަން އައިސްފައިވަނީ ތެލުގެ ސިޔާސަތާއި ޔަމަން އަދި ހާއްސަކޮށް އީރާނުގެ ހަމަނުޖެހުން ހިމެނޭ ގޮތަށް ސަރަހައްދީ ސަލާމަތީ މައްސަލަތަކުގައި ހިޔާލު ތަފާތުވުންތައް އުފެދުމުގެ ސަބަބުން
1 ގަޑިއިރު ކުރިން

ސަރަހައްދީ އަދި އިގްތިސާދީ މައްސަލަތަކުގައި އުފެދުނު މަސްތަކެއްގެ ނުތަނަވަސްކަމަށް ފަހު، ގަލްފުގެ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގެ އިސް އޮފިޝަލުން އާންމުކޮށް އަލުން ކަށަވަރުކޮށްދެއްވައިފި އެވެ.

އިއްޔެ އެކްސްގައި އެކުއެކީގައި ކުރެއްވި މެސެޖުތަކެއްގައި، ސައުދީ މީޑިއާ މިނިސްޓަރު ސަލްމާން އަލް-ދޯސަރީ އާއި ޔޫއޭއީ ނޭޝަނަލް މީޑިއާ އޮތޯރިޓީގެ ޗެއާމަން އަބްދުالله ބިން މުހައްމަދު އަލް-ހާމިދު ވަނީ ދެ ގައުމުގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީހާއި ލީޑަޝިޕްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ހިކުމަތްތެރި ވެރިކަމަކުން ގުޅިފައިވާ، ދެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުއް ކަމަށް ވެސް އެ ބޭފުޅުން ސިފަކުރެއްވި އެވެ.

ދެ އޮފިޝަލުން ވެސް ވަނީ މީޑިއާތަކުން އެ ގުޅުން ރަމްޒުކޮށްދިނުމަށާއި ގުޅުމަށް ބުރޫއަރާފާނެ ފަދަ ލިޔުންތައް ޝާއިއުނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

ރިޔާދާއި އަބޫދާބީގެ ގުޅުމަށް ނުތަނަވަސްކަން އައިސްފައިވަނީ ތެލުގެ ސިޔާސަތާއި ޔަމަން އަދި ހާއްސަކޮށް އީރާނުގެ ހަމަނުޖެހުން ހިމެނޭ ގޮތަށް ސަރަހައްދީ ސަލާމަތީ މައްސަލަތަކުގައި ހިޔާލު ތަފާތުވުންތައް އުފެދުމުގެ ސަބަބުންނެވެ. ނަމަވެސް، އީރާނުގެ ހަމަލާތަކާއި ރަތްކަނޑުގެ ދަތުރުފަތުރަށް ހުރި ނުރައްކާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުން ދާދި ފަހުން ވަނީ އެކުވެރިކަމަށް ގޮވާލާފަ އެވެ.

އެނަލިސްޓް މުހައްމަދު ބަހާރޫން ވިދާޅުވީ އެއީ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދެމެދުގައި ހުރި އެއްގޮތް ކަންކަން ހިޔާލު ތަފާތުވާ ކަންކަމަށް ވުރެ މާ ބޮޑު،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް