އީރާނުން ފޮނުވާލި ރޮކެޓެއް.

ހޫތީންގެ އިންޒާރުތަކާ ހެދި ސައުދީގެ ތެޔޮ ޓޭންކަރުތައް އަނބުރާލަންޖެހިއްޖެ

ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް މިދިޔަ ހޯމަ ދުވަހު އިއުލާނުކުރި ހޫތީން އިންޒާރު ދީފައިވަނީ ސައުދީގެ ތެޔޮ ބަރުކުރާ ނުވަތަ ބާލާ ކޮންމެ އުޅަނދަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް
1 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާ އިން އެކްސްޕޯޓުކުރި ސާފުނުކުރާ ތެލާ އެކު އޭޝިޔާއަށް ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް، ސައުދީ ތެޔޮ އުފުލާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށް ޔަމަނުގެ ހޫތީ ހަރަކާތުން އިންޒާރު ދިނުމާ ގުޅިގެން، ރަތްކަނޑުގެ ތެރެއިން އެ އުޅަނދުތަކުގެ މިސްރާބު އިއްޔެ އަނބުރާލައިފި އެވެ.

މިއާ އެކު އެމެރިކާ އާއި އީރާނުގެ ހަމަނުޖެހުން ވަރުގަދަވަމުންދާއިރު، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އޮތް ކަންބޮޑުވުންތައް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.

ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް މިދިޔަ ހޯމަ ދުވަހު އިއުލާނުކުރި ހޫތީން އިންޒާރު ދީފައިވަނީ ސައުދީގެ ތެޔޮ ބަރުކުރާ ނުވަތަ ބާލާ ކޮންމެ އުޅަނދަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ، އެ ޖަމާއަތުން އަދި ބާބުލް މަންދަބް ކަނޑުއޮޅި ބަންދުކޮށްފައި ނުވާ ކަމަށެވެ.

"މިހާތަނަށް އެފަދަ ކަމެއް ނުވޭ. އެފަދަ ކަމެއް ހިނގައިފި ނަމަ، އަޅުގަނޑުމެން އެކަން ބަލަހައްޓާނަން،" އޭނާ ވިދާޅުވި އެވެ.

މި ހުރަސްތައް ދިމާވެފައިވަނީ އެމެރިކާއިން ޖެހިޖެހިގެން 11 ވަނަ ރޭ އީރާނަށް ހަމަލާތަކެއް ދީފައިވަނިކޮށެވެ. އަދި ތެހެރާނުން ވަނީ ބަހްރައިން، ކުވައިތު އަދި އުރުދުންގައި ހުރި އެމެރިކާއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން ކުރިއަށްގެންގޮސްފަ އެވެ.

އިނގިރޭސިވިލާތުގެ ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޭޖެންސީން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ހަމަލާއެއް އަމާޒުވިކަން ރިޕޯޓްކޮށްފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅިއަށް ބުރޫއެރުމާ ގުޅިގެން، ބޭނުންކުރެވެން އޮތް މައިގަނޑު އަނެއް މަގު ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅިއަށް އިންޒާރުތައް އައުމުން، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ އެކު ތެލުގެ އަގު ވަނީ %2އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެގޮތުން، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 91 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.

މި ހަމަނުޖެހުންތައް އިތުރުވި ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް އެބަދެ އެވެ. އެގޮތުން، 10 ދުވަހުގެ ސުލްހައިގެ އެއްބަސްވުމަކަށް މެދުވެރިން މެދުވެރިކޮށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް އީރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް