ފްރާންސްގެ ގާނޫނު ހަދާ މަޖިލިސް. (ފޮޓޯ/ރޮއިޓާސް)

ފްރާންސް

15 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނު ފްރާންސުން ފާސްކޮށްފި

މި ގާނޫނުގެ ދަށުން، އަންނަ ސެޕްޓެމްބަރުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ހުޅުވުން މަނާވާނެ؛ މިހާރު ހުރި އެކައުންޓްތައް ބަންދުކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ހަތަރު މަސްދުވަހުގެ މުއްދަތެއް ލިބޭނެ
1 ގަޑިއިރު ކުރިން
1

އުމުރުން 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

މިއާ އެކު، ފްރާންސް ވެގެންގޮސްފައިވަނީ މިފަދަ ފިޔަވަޅެއްެ އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.

ސެނެޓާއި ނޭޝަނަލް އެސެމްބްލީން ފާސްކުރި މި ގާނޫނުގެ ދަށުން، އަންނަ ސެޕްޓެމްބަރުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ހުޅުވުން މަނާވާނެ އެވެ. އަދި މިހާރު ހުރި އެކައުންޓްތައް ބަންދުކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ހަތަރު މަސްދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މީގެ އިތުރުން، ފްރާންސްގެ ޕްރައިވެސީ ރެގިއުލޭޓަރު ގަބޫލުކުރާ އުމުރު ކަށަވަރުކުރާ ނިޒާމުތައް އެ ފަރާތްތަކުން ގާއިމުކުރަންޖެހޭނެ އެވެ.

"ޑިޖިޓަލް އުމުރުގެ އިމެއް ކަނޑައެޅި ވިލާތުގެ ފުރަތަމަ ގައުމަށް ވެގެން ފްރާންސް މިވަނީ މިކަމަށް މަގުކޮށައިދީފައި،" ޖޫނިއަ އޭއައި މިނިސްޓަރު އޭން ލެ ހެނާންފް ވިދާޅުވި އެވެ.

އާ ދިރާސީ އަހަރު ފެށުމުގެ ކުރިން މި ގާނޫނަށް އަމަލުކުރަން ފެށުމަށް ބޭނުންވާ ރައީސް އެމެނުއެލް މެކްރޮން ވިދާޅުވީ، މިކަމުގެ މަގްސަދަކީ ޒުވާނުން ހިމާޔަތްކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ތިޔަކުދިން ދޫކޮށްލެވުނީ މީގެ ތެރެއަށް. އެކަމުގެ ސަބަބުން ތިޔަކުދިންގެ ސަމާލުކަން އެކަމަށް ދަމައިގަތީ. އުމުރުން 15 އަހަރު ފުރުމުގެ ކުރިން، ދެން އިތުރަކަށް ސޯޝަލް މީޑިއާއެއް ނޯންނާނެ،" މި އަހަރުގެ ކުރީކޮޅު ކުޑަކުދިންނާ މުހާތަބުކުރައްވައި އޭނާ ވިދާޅުވި އެވެ.

މި ފިޔަވަޅަކީ އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ކުރުމަށް ފަހު އެޅި ފިޔަވަޅެކެވެ. އަދި މިކަން އައިސްފައިވަނީ އިންޓަނެޓުގެ މާހައުލުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކުން ފުޅާ ދާއިރާއެއްގައި ފިޔަވަޅުތައް އަޅަން ވިސްނަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް (1)

profile-image-placeholder

2589644

1 ގަޑިއިރު ކުރިން
މިމީހުންނަކީ އެއްގޮަކަށްވެސް ރައްޔިތަކަށް ހެވެއް އެދިގެން އުޅޭ ބައެއްނޫން. އަސްލު ވީގޮތަކީ ޒަޔަނިޒަމް ރަގަނޅަށް ފަޟީހަތްވި. އެކަން ވީ ސޯސަލ ްމީޑިއާ އޮތުމުން. 3 ޖެނެރޭޝަަން ސިނކުޑި ސާފްވީ. އެހެންވީމާ އެކަން ހުއްޓުވަން ޒޔަަނިސްޓުން ކުރާ ކަމަކާ ވައްތަޜީ. ކުދިންނާ ދޭތެރޭ ވިސްނާނަމަ އަސްލު ފިޒީ ޑްރިންކްސް ބޭންކުރާނެ. އަރޓިފިޝަލް ފްލޭވަރ ބޭންކުރާނެ. ޕްރޮސެސްފުޑް ބޭން ކުރާނެ. އަދި މިނޫންވެސް އެތައް އެއްޗެއް އެބަހުރި ކާނާ ކިޔާ ވިއްކާ ހުސްވިހަ. ނުކުރެއެއްނު. މުއިއްޒު އެކަން ކުރާނީ ޑިކްޓޭޓަރ ޝީޕއްގައި ސިލް ޖަހަން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް