އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބައްދަލުކުރައްވަނީ. (ފޮޓޯ/އޭއެފްޕީ)

އެމެރިކާ

އެމެރިކާއިން ކެނެޑާގެ މުދަލުން %50ގެ ޓެރިފް ނަގަން ނިންމައިފި

ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާ މި ޓެރިފްތައް ނެގުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ބަނގުރާ، ހޮކީ ސްޓިކް އަދި ސިމެންތި ހިމެނޭ
5 ގަޑިއިރު ކުރިން

އެމެރިކާއިން އުފައްދާ ބަނގުރާ، އުޅަނދު އަދި ކިރުގެ އުފެއްދުންތަކާ މެދު ކެނެޑާއިން ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކުރައްވައި، ކެނެޑާގެ އެކި ބާވަތްތަކުގެ މުދަލުން %50ގެ އާ ޓެރިފްތަކެއް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިއުލާނުކުރައްވައިފި އެވެ.

ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާ މި ޓެރިފްތައް ނެގުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ބަނގުރާ، ހޮކީ ސްޓިކް އަދި ސިމެންތި ހިމެނެ އެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި، މި ފިޔަވަޅުތަކުގެ މަގްސަދަކީ އެމެރިކާއިން ކުރިން ނެގި ޓެރިފްތަކަށް ރައްދުދީ، ފިހާރަތަކުގެ ރެކުތަކުން އެމެރިކާގެ ބަނގުރަލުގެ ގިނަ އުފެއްދުންތަކެއް ކެނެޑާއިން ނެގުމާ ގުޅިގެން ކެނެޑާ ޒިންމާދާރުކުރުވުން ކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މި ފިޔަވަޅު ސިފަކުރެއްވީ އެމެރިކާ-މެކްސިކޯ-ކެނެޑާ އެގްރީމަންޓް (ޔޫއެސްއެމްސީއޭ)އާ ސީދާ ހިލާފު އަމަލެއްގެ ގޮތުގަ އެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި މަޝްވަރާތައް ވަރުގަދަކުރުމަށް ކެނެޑާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ 1930 ވަނަ އަހަރުގެ ޓެރިފް އެކްޓްގެ ސެކްޝަން 338ގެ ދަށުން ތައާރަފުކުރި މި އެންމެ ފަހުގެ ޓެރިފްތަކަކީ، އަވަށްޓެހި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމެކެވެ. މިއާ އެކު، ޔޫއެސްއެމްސީއޭގެ ދަށުން ހިމެނޭ ގިނަ މުދަލަކަށް މީގެ އަސަރުކުރާނެ އެވެ. ނަމަވެސް ހަކަތައާއި، ޕޮޓޭޝް އަދި ވަކިވަކި ދާއިރާތަކުގެ ހާއްސަ ޓެރިފްތައް މިހާރު ވެސް ނަގަމުންދާ އުފެއްދުންތައް މީގެއިން އިސްތިސްނާވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް