ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ން އިއްޔެ ކުރިއަށްގެންދިޔަ ހިނގާލުމަށް ފުލުހުން ހުރަސްއަޅަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ހިނގާލުންތައް ނުބޭއްވިޔަސް މުޒާހަރާތައް ކުރިއަށްގެންދާނެ: ކޮކްރޯޗު ޕާޓީ

މުޒާހަރާގެ ބައިވެރިން ގާނޫނު ހަދާ މަޖިލީހަށް ވަނުން ހުއްޓުވުމަށް ސެކިއުރިޓީން ކުރި މަސައްކަތުގެ ތެރެއިން އިއްޔެ ސެކިއުރިޓީ އާއި ފުލުހުންގެ 118 މެންބަރުންނާއި މުޒާހަރާގެ 60 ބައިވެރިއަކަށް ވަނީ އަނިޔާވެފައި
6 ގަޑިއިރު ކުރިން

އިންޑިއާގެ ނިއު ދިއްލީގައި ފުލުހުންނާ ދެމެދު އިއްޔެ ހިންގި ހަމަނުޖެހުންތަކެއްގައި ގާތްގަނޑަކަށް 180 މީހުންނަށް އަނިޔާވުމާ ގުޅިގެން، އިތުރު ހިނގާލުންތައް ނުބާއްވާނެ ކަމަށާއި ނަމަވެސް މުޒާހަރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ކަމަށް އިންޑިއާގެ ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުން ބުނެފި އެވެ.

ދިއްލީ ފުލުހުން ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިން ގާނޫނު ހަދާ މަޖިލީހަށް ވަނުން ހުއްޓުވުމަށް ސެކިއުރިޓީން ކުރި މަސައްކަތުގެ ތެރެއިން އިއްޔެ ސެކިއުރިޓީ އާއި ފުލުހުންގެ 118 މެންބަރުންނާއި މުޒާހަރާގެ 60 ބައިވެރިއަކަށް ވަނީ އަނިޔާވެފަ އެވެ. އަދި މުޒާހަރާގެ 70 ބައިވެރިއަކު ބަންދުކޮށްފައިވާ ކަމަށާއި އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާފާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޮންލައިން މަޖާޒީ ހަރަކާތެއްގެ ގޮތުގައި ފެށި، މުޅި ގައުމަށް ފެތުރިގެންދިޔަ ޒުވާނުންގެ ކެމްޕޭނަކަށް ބަދަލުވި މި ހަރަކާތުން ދަނީ، މޭ މަހު ދެ މިލިއަނަށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރި އިމްތިހާނު ކަރުދާސް ލީކުވި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

"އިއްޔެ އަޅުގަނޑުމެން މުޒާހަރާ މެދުކަނޑާލަން ޖެހުނީ އިތުރު ޒުވާނުންނަށް އަނިޔާވާން ބޭނުންނުވާތީ،" ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަލުން ހިނގާލުމެއް ނުބާއްވާނަން. އެއީ ފުލުހުން އަނެއްކާވެސް ޒުވާނުންނަށް އަނިޔާކުރާނެތީ."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް