ހަލީލް އަލް-ހައްޔާ. (ފޮޓޯ/އަލްޖަޒީރާ)

ހަމާސް

ހަމާސްގެ އާ ލީޑަރަކަށް ހަލީލް އަލް-ހައްޔާ ހަމަޖައްސައިފި

އަލް-ހައްޔާ ވެގެންގޮސްފައިވަނީ، 2024 ވަނަ އަހަރު ސިންވާރު، އަސްކަރީ ކޮމާންޑަރު މުހައްމަދު ދައިފް އަދި ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަށް ފަހު، އެ ޖަމާއަތުގެ އެންމެ އިސް އެއް ޝަހްސިއްޔަތަށް
7 ގަޑިއިރު ކުރިން

އޮކްޓޯބަރު 2024ގައި އިޒްރޭލުގެ ސިފައިން އަވަހާރަކޮށްލި ޔަހްޔާ ސިންވާރުގެ ބަދަލުގައި، ހަމާސްގެ ސިޔާސީ ގޮފީގެ އާ ލީޑަރަކަށް ހަލީލް އަލް-ހައްޔާ އިންތިހާބުކޮށްފި އެވެ.

ފަލަސްތީނުގެ މި ޖަމާއަތުން އިއްޔެ ބުނި ގޮތުގައި، އަލް-ހައްޔާ މި މަގާމު ކާމިޔާބުކުރެއްވީ ކުރީގެ ސިޔާސީ ލީޑަރު ހާލިދު މުޝްއަލްއާ ވާދަކުރައްވައި ބޭއްވުނު އެތެރޭގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަކުންނެވެ.

ހަމާސްގެ ގިނަ ދުވަސްވީ އޮފިޝަލެއް ކަމަށްވާ އަލް-ހައްޔާ ވެގެންގޮސްފައިވަނީ، 2024 ވަނަ އަހަރު ސިންވާރު، އަސްކަރީ ކޮމާންޑަރު މުހައްމަދު ދައިފް އަދި ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަށް ފަހު، އެ ޖަމާއަތުގެ އެންމެ އިސް އެއް ޝަހްސިއްޔަތަށެވެ.

އަލް-ހައްޔާ މިދިޔަ އޮކްޓޯބަރުގައި އިޒްރޭލާ އެކު ވީ ސުލްހައިގެ އެއްބަސްވުމުގެ މަޝްވަރާތަކުގައި ހަމާސްގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވި ބޭފުޅާ އެވެ. އަދި ގަތަރުގައި މެދުވެރިން މެދުވެރިކޮށް ކުރިއަށްދިޔަ މަޝްވަރާތަކުގައި އެ ޖަމާއަތުގެ އޮފިޝަލުންގެ ޓީމުތަކަށް އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ.

އަލްޖަޒީރާގެ ނޫރު އޫދާ ބުނި ގޮތުގައި، އިޒްރޭލުން އަލް-ހައްޔާ ސިފަކުރަނީ ހަރުކަށި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ އަރަބި ސަރުކާރުތަކަށް ވުރެ އީރާނާ ބޮޑަށް ގުޅުންހުރި ބޭފުޅެއް ކަމަށް ބެލެވޭއިރު، އޭނާ އިންތިހާބުވުމުން ކަންކަން ކުރިއަށްދާނެ ގޮތުގެ މައްޗަށް އަލިއެޅިގެންދާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.

ގާޒާއަށް 1960 ވަނަ އަހަރު އުފަންވި އަލް-ހައްޔާއަކީ 1987 ވަނަ އަހަރު ހަމާސް އުފެދުނީއްސުރެ އެ ޖަމާއަތުގެ މެންބަރެކެވެ. އިޒްރޭލުން އޭނާ އަވަހާރަކޮށްލުމަށް ދިން އެތައް ހަމަލާއަކުން އޭނާ ސަލާމަތްވެފައިވާއިރު، މިދިޔަ އަހަރުތަކުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި އޭނާގެ އާއިލާގެ އެތައް މެންބަރުންނެއް ވަނީ މަރުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް