އެމެރިކާ އިން ދިން ހަމަލާއެއް.

އެމެރިކާއިން އާ ހަމަލާތަކެއް؛ ހޮރްމޫޒް ކަނޑުއޮޅީގައި 2 ތެޔޮ ޓޭންކަރެއް ގޮއްވާލައިފި

އިރާގުގައި އެމެރިކާގެ ސިފައިންގެ އިތުރު މެންބަރަކު މަރުވިކަން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައި؛ މިއާ އެކު، މި ހަމަނުޖެހުންތައް ފެށުނު ފަހުން މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ 17އަށް އަރާފައި
17 ގަޑިއިރު ކުރިން

އެމެރިކާއިން ރޭ ޖެހިޖެހިގެން ނުވަވަނަ ދުވަހަށް އީރާނަށް ހަމަލާތަކެއް ދީފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރެއް ގޮވައި، އެ ސަރަހައްދަށް ހުއްޓިފައިވާ ކަމަށް އީރާނުން ބުނުމާ ގުޅިގެން ކަނޑުދަތުރުފަތުރަށް އޮތް ކަންބޮޑުވުންތައް އިތުރަށް ބޮޑުވެއްޖެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ބަލިކަށިކޮށްލުމުގެ މަގްސަދުގައި އެ މީހުން ވަނީ އާ ހަމަލާތަކެއް ފަށާފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ވޮޝިންޓަނުން މި އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

"ބައިނަލްއަގުވާމީ ކަނޑުގެ މަގެއްގެ ކޮންޓްރޯލް ހޯދުމަށް އީރާނުން ބާރުއަޅާހާ ހިނދަކު، އަޅުގަނޑުމެންނަށް ޖެހޭނީ އެކަމަށް ރައްދުދޭން. އެމެރިކާ އަބަދު ވެސް އޮތީ ސިޔާސީ ހައްލަކަށް ހުޅުވާލެވިގެން،" އޭނާ ވިދާޅުވި އެވެ.

އީރާނުން ބުނީ ސީރިޔާ، އުރުދުން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. އަދި އެމެރިކާގެ އުދުވާނުތައް ކުރިއަށްދާހާ ހިނދަކު ހޮރްމޫޒް ކަނޑުއޮޅިއަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

މި ހަމަނުޖެހުންތަކާ ހުރެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ދަނީ ދަށްވަމުންނެވެ. އެގޮތުން އިއްޔެ އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ އެންމެ ހަތަރު އުޅަނދެވެ. މިއާ އެކު ތެލުގެ އަގު ވަނީ %2އަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 90 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.

މީގެ އިތުރުން، އިރާގުގައި އެމެރިކާގެ ސިފައިންގެ އިތުރު މެންބަރަކު މަރުވިކަން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއާ އެކު، މި ހަމަނުޖެހުންތައް ފެށުނު ފަހުން މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ 17އަށް އަރާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް