އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ހާމަނައީގެ ފޮޓޯއެއް. (ފޮޓޯ/ރޮއިޓާސް)

އެއްބަސްވުމާ ހިލާފުވުމުގެ ބަދަލު އެމެރިކާއިން ދައްކަންޖެހޭނެ: ހާމަނައީ

ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ހާމަނައީ ވިދާޅުވީ، އެމެރިކާއިން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވުމުން އެނގިގެންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގެއް ނެތް އަދި ބާތިލް އެއްޗެއްކަން ކަމަށް
12 ގަޑިއިރު ކުރިން

އީރާނާއި އެ ގައުމުގެ ސަރަހައްދީ އިއްތިހާދީންގެ ފަރާތުން އެމެރިކާއަށް ހަނދާނުން ފޮހެލަން ދަތި ފިލާވަޅުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ހާމަނައީ އިއްޔެ ދެއްވައިފި އެވެ.

އޭނާ ވަނީ މަސްރަހު ފިނިކުރުމުގެ މަގްސަދުގައި މިދިޔަ މަހު ސޮއިކުރި އެމްއޯޔޫއާ ވޮޝިންޓަނުން ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ހާމަނައީ ވިދާޅުވީ، އެމެރިކާއިން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވުމުން އެނގިގެންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގެއް ނެތް އަދި ބާތިލް އެއްޗެއްކަން ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ބިރުދެއްކުމާއި ބާރުވެރިކަން ދެއްކުމާ އަދި އަނިޔާވެރިކަމަކީ އެމެރިކާގެ އަގީދާ އާއި ސިޔާސަތުތަކުން ވަކިނުކުރެވޭނެ ބައިތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިންޒާރު ދެއްވަމުން ވިދާޅުވީ "އެމެރިކާ ނަމަކަށް ކިޔާ ދުޝްމަނުން މަސައްކަތްކުރަމުން ދަނީ ހަނގުރާމަ އިތުރަށް ފުޅާކޮށް، މިއަށް ވުރެ ބޮޑު ގެއްލުންތަކަކާއި އިތުރު ހުތުރުކަމެއް ތަހައްމަލުކުރުމަށް" ކަމަށެވެ. އެއާ އެކު، އީރާނުގެ ރައްޔިތުން ހޭލާ ތިބުމަށާއި ގައުމުގެ ލީޑަޝިޕަށް އިތުބާރުކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

މި ވާހަކަތައް އައިސްފައިވަނީ މި ހަފުތާގައި އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވަނިކޮށެވެ. އަދި އީރާނުން ވެސް ވަނީ މިއަށް ރައްދުދީ ކުވައިތުގައި ހުރި އަމާޒުތަކަށް ހަމަލާދީފަ އެވެ.

ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގު ފަހިކުރުމަށްޓަކައި ގަތަރާއި ޕާކިސްތާނު މެދުވެރިވެގެން މިދިޔަ މަހު އެކުލަވާލި ވަގުތީ އެއްބަސްވުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެއީ ވޮޝިންޓަނާއި ތެހެރާނުން ވެސް އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް އެއްބަސްވުމުގެ އުސޫލުތަކާ ހިލާފުވި ކަމުގެ ތުހުމަތުކުރުމާ ގުޅިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް