އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން. (ފޮޓޯ/ރޮއިޓާސް)

އިނގިރޭސިވިލާތް

16 އަހަރުން ދަށުގެ ކުދިންނަށް އެނަޖީ ޑްރިންކްސް އިންގްލޭންޑުގައި މަނާކުރަނީ

މި މަނާކުރުން ހިނގާނީ ލީޓަރަކު 150 މިލިގްރާމަށް ވުރެ ގިނައިން ކެފެއިން އެކުލެވޭ ބުއިންތަކަށް
1 ގަޑިއިރު ކުރިން

ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ އެކު، އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އިންގްލޭންޑުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ކެފެއިން ގިނަ އެނަޖީ ޑްރިންކްސް ވިއްކުން މަނާކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން އިއްޔެ އިއުލާނުކޮށްފި އެވެ.

މި މަނާކުރުން ހިނގާނީ ލީޓަރަކު 150 މިލިގްރާމަށް ވުރެ ގިނައިން ކެފެއިން އެކުލެވޭ ބުއިންތަކަށެވެ. ފިހާރަތަކާއި ވެންޑިން މެޝިންތަކާ އަދި އޮންލައިންކޮށް ވިއްކާ ވިއްކުންތަކަށް ވެސް މި ގަވާއިދު ހިނގާނެ އެވެ.

ސަރުކާރުން ބުނި ގޮތުގައި، މި ފިޔަވަޅަކީ ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ މަގްސަދުގައި އަޅާ ފިޔަވަޅެކެވެ. އިންގްލޭންޑުގައި ދުވާލަކު ގާތްގަނޑަކަށް 100,000 ކުދިން ކެފެއިން ގިނަ އެނަޖީ ޑްރިންކްސް ބޭނުންކުރާކަން ސަރުކާރުން ފާހަގަކުރެ އެވެ. މިފަދަ ބުއިންތަކުގެ ސަބަބުން ނިދުމަށް ބުރޫއެރުމާއި ހާސްވުމާ އަދި ސަމާލުކަންދޭން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވާކަމުގެ ހެކިތައް މިނިސްޓަރުން ވަނީ ދައްކަވާފަ އެވެ.

އެނަޖީ ޑްރިންކްސް މަނާކުރުމަށް ނިންމި ނިންމުމަކީ ކުޑަކުދިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ތައާރަފުކުރާ ފުޅާ ފިޔަވަޅުތަކުގެ ބައެކެވެ. މީގެ ތެރޭގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ރޭވުންތަކާއި 16 އަދި 17 އަހަރުގެ ކުދިންނަށް ރޭގަނޑުގެ ވަކި ގަޑިއެއްގެ ފަހުން ސޯޝަލް މީޑިއާ ބޭނުންނުކުރެވޭ ގޮތަށް ކާފިއުއެއް ތައާރަފުކުރުން ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް