ޗައިނާގެ ދިދަ. (ފޮޓޯ/ރޮއިޓާސް)

ޗައިނާ

ޗައިނާގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ރަސްމީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު، ދެވަނަ ކުއާޓަރުގައި ކުރިއަރާފައިވަނީ %4.3 ގައި
1 ގަޑިއިރު ކުރިން

އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޗައިނާގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

މިއީ އެ ގައުމުގެ އެކްސްޕޯޓް ވަރުގަދަކޮށް ހުރި ނަމަވެސް، އެތެރޭގެ ޑިމާންޑް ދަށްވުމާއި އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރުމުގެ ސަބަބުން ދިމާވި ކަމެކެވެ.

ރަސްމީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ދެވަނަ ކުއާޓަރުގައި ކުރިއަރާފައިވަނީ %4.3 ގަ އެވެ. މިއީ ޗައިނާއިން އަހަރީ ގޮތުން ކަނޑައަޅާފައިވާ އަމާޒަށް ވުރެ ދަށް އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިގްތިސާދު ވަނީ %5ގައި ކުރިއަރައިފަ އެވެ.

މި ހިސާބުތައް އާންމުކޮށްފައި މިވަނީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ޖޫން މަހު ޗައިނާގެ އެކްސްޕޯޓް %27 އިތުރުވެފައިވާކަން ސަރުކާރުގެ ތަފާސްހިސާބުތަކުން ދެއްކިތާ އެއްދުވަސް ފަހުންނެވެ.

މާޗް މަހު ޗައިނާއިން ވަނީ އެ ގައުމުގެ އިގްތިސާދީ ކުރިއެރުމުގެ އަމާޒު %4.5 އާއި %5 އާ ދެމެދުގެ މިންވަރަކަށް ދަށްކޮށްފަ އެވެ.

މިއީ 1991 ވަނަ އަހަރުގެ ފަހުން އެ ގައުމުން ކަނޑައެޅި އެންމެ ދަށް އަމާޒެވެ. ދިރާސާކުރާ ބައެއްް ފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން އިގްތިސާދު މެނޭޖުކުރުމުގައި އޮފިޝަލުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދެ އެވެ.

މި އިއުލާނަކީ ފެބްރުއަރީ 28ގައި އީރާނު ހަނގުރާމަ ފެށި ފަހުން ނެރުނު ފުރަތަމަ ފުރިހަމަ ކުއާޓަރުގެ ޖީޑީޕީ ޑޭޓާ އެވެ. އަދި މިއީ ކޮވިޑް-19ގެ ހަރުކަށި ފިޔަވަޅުތަކުން ޗައިނާ މިންޖުވި 2022 ވަނަ އަހަރުގެ ފަހުކޮޅަށް ފަހު، ކުއާޓަރެއްގައި އިގްތިސާދު އެންމެ ދަށްކޮށް ކުރި ފަހަރެވެ.

"ބޭރުން ކުރިމަތިވާ ހަމަނުޖެހުންތަކާއި ކަންކަމާއި ނޭނގޭ ކަންތައްތައް މިހާރު އިތުރުވެއްޖެ،" ހިސާބުތަކާ އެކު ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި އެ ގައުމުގެ އެތެރޭގެ އިގްތިސާދުގައި މުދާ އުފައްދާ މިންވަރު ވަރުގަދަ ވިޔަސް، މުދާ ގަންނަން ބޭނުންވާ މިންވަރު ދަށްވުމުގެ ސަބަބުން ދިމާވި ނުބައްދަލުވުންތަކެއް ކަން ވެސް އެ ބިއުރޯއިން ފާހަގަކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް