ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް.

ސްރީ ލަންކާ

ލަންކާގެ މައި އެއާޕޯޓު ބޮޑުކުރަން 7.26 މިލިއަން ޑޮލަރުގެ މަޝްރޫއެއް

މި މަޝްރޫއުގެ ދަށުން، 36 ޗެކް-އިން ކައުންޓަރާއި މަތިންދާބޯޓަށް އަރާ 6 ގޭޓް ހިމެނޭ އާ އިމާރާތެއް ބިނާކުރުން ހިމެނެ އެވެ.
1 ގަޑިއިރު ކުރިން

ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުރާ ޓާމިނަލް ފުޅާކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް، މާގާ އިންޖިނިއަރިންއާ ހަވާލުކުރުމަށް އެ ގައުމުގެ ކެބިނެޓުން އިއްޔެ ފާސްކޮށްފި އެވެ.

ކެބިނެޓުގެ ތަރުޖަމާނު އަދި މިނިސްޓަރު ނަލިންދަ ޖަޔަތިއްސަ ވިދާޅުވީ، ޖީއެސްޓީ ނުހިމަނާ 3.77 ބިލިއަން ލަންކާ ރުޕީސް (7.26 މިލިއަން ޑޮލަރު)ގެ އަގުހުރި މި މަޝްރޫއަށް ހަރަދުކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 36 ޗެކް-އިން ކައުންޓަރާއި މަތިންދާބޯޓަށް އަރާ 6 ގޭޓް ހިމެނޭ އާ އިމާރާތެއް ބިނާކުރުން ހިމެނެ އެވެ.

މި މަޝްރޫއުގެ ޕްރޮކިއުމަންޓް މަރުހަލާ ކެބިނެޓުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި ބައިނަލްއަގުވާމީ ބިޑް ހުށަހެޅުމުގެ މަރުހަލާގެ ތެރެއިން މި މަޝްރޫއަށް ތިން ބިޑެއް ލިބިފައިވެ އެވެ.

ޖަޔަތިއްސަ ވިދާޅުވީ، ހައި-ލެވެލް ސްޓޭންޑިން ޕްރޮކިއުމަންޓް ކޮމިޓީގެ ލަފާގެ މަތިން، މި ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް