އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަ ލަކްސަން ބައްދަލުކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

މޯދީ ނިއުޒިލޭންޑަށް ވަޑައިގެން، 2 ގައުމުގެ ގުޅުން ވަރުގަދަކޮށްފި

މި ދަތުރު މި ދިމާވީ، އިމިގްރޭޝަނާ ބެހޭ ގޮތުންނާއި އިންޑިއާއާ އެކު ހަދަން ހުށަހަޅާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ މެދު ނިއުޒިލޭންޑްގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި
1 ގަޑިއިރު ކުރިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަ ލަކްސަން މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ސްޓްރެޓީޖިކް ޕާޓްނަޝިޕަކަށް ބަދަލުކުރައްވައި، ސަލާމަތީ ކަންކަމާއި ވިޔަފާރި އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އެއްބާރުލުން ވަރުގަދަކުރައްވައިފި އެވެ.

އޯކްލޭންޑްގައި ބޭއްވެވި މަޝްވަރާތަކަށް ފަހު ދެ ލީޑަރުން ވިދާޅުވީ، މަތީ ފަންތިއަކަށް ގެންދެވުނު މި ގުޅުމުން ދައްކުވައިދެނީ ދެ ގައުމުގެ "ހިއްސާވާ ޑިމޮކްރެޓިކް އުސޫލުތަކާއި ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާ އަދި އިންޑޯ-ޕެސިފިކް ސަރަހައްދަށް އޮތް ދެގައުމުގެ މަސްލަހަތުތައް" ކަމަށެވެ. މީގެ އިތުރުން، ދެ ގައުމުން ވަނީ ދިފާއީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ކަނޑުގެ ސަލާމަތްތެރިކަމާ ގުޅޭ ގޮތުން ގާތުން މަސައްކަތްކުރުމަށް ވައުދުވެފަ އެވެ.

ފާއިތުވި 40 އަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު ނިއުޒިލޭންޑަށް ކުރެއްވި ފުރަތަމަ ދަތުރަކީ، އޭޝިއާ-ޕެސިފިކް ސަރަހައްދުގައި އިންޑިއާގެ ނުފޫޒު ފުޅާކުރުމަށްޓަކައި އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާއާ އެކު ސޮއިކުރި އެއްބަސްވުންތަކަށް ފަހު ކުރެއްވި ދަތުރެކެވެ.

މި ދަތުރު މި ދިމާވީ، އިމިގްރޭޝަނާ ބެހޭ ގޮތުންނާއި އިންޑިއާއާ އެކު ހަދަން ހުށަހަޅާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ މެދު ނިއުޒިލޭންޑްގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.

ނިއުޒިލޭންޑްގައި ދިރިއުޅޭ އިންޑިއާ ނަސްލުގެ މީހުންނަށް ކުރިމަތިވާ ނަސްލީ ދިމާކުރުންތައް އިތުރުވަމުންދާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ބައެއް ސިޔާސީ ލީޑަރުން ވަނީ ހިޖުރަކުރުން ހަރުކަށިކޮށް ކޮންޓްރޯލްކުރުމަށް ގޮވާލާފަ އެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާ ދަރިކޮޅުގެ ގާތްގަނޑަކަށް 292,000 މީހުން ނިއުޒިލޭންޑްގައި ދިރިއުޅެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް